ކުރު ވާހަކަ “ޔަލީނާ” (4)

އަހަރެން ހަމަ އަސްލުވެސްހިތުގައި ޖެހުނެވެ. ދަރިން ތަފާތުކުރުމަކީ އަހަރުމެން ދެމަފިރިން ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. ކުދިންގެ ކުލައަކީ އަހަރުމެން ބޭނުންވެގެން ޖައްސާފައި ހުންނަ ކުލައެއްނޫނެވެ. ވެގެންވަންޏާ އެންމެރީތި އެންމެ މޮޮޅު ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ކުދިންނަށް އަހަރުމެން ގެ ދަރިންހަދާނެއެވެ. އެކަމަކު އެބާރެއް އަހަރުމެންގެ އަތަކު ނެތެއްނުން ހެއްޔެވެ.

***

އިޝްތިހާރު Below Header ad

ދުވަސްތައް ފާއިތުވެގެންދާލެއް ހާދަ އަވަހެވެ. ޖީޒާ ނިޔާވިފަހުން ތިންއަހަރުވީ އެވެ. އެހަދާންތައް މިހިތުން ހިނދު ކޮޅަކަށް ވެސް ފިލާނުދެއެވެ. މިހާރު ކުދިންގެ ކަންކަން ބަލަމުން ވިޔަފާރީގެ ކަންކަން ކުރަމުން އަމިއްލަ ސިއްޙަތަށް ފަރުވާތެރިކަން ބަހައްޓަންވީމައި އަހަރެން ވަރުބަލި ވާގޮތްވާން ފަށައިފިއެވެ. ޒީޖާ ހުންނަ އިރު އަހަރެން ހަމަ އެކަނި ކުރަން އޮންނަ ކަމަކީ ވިޔަފާރީގައި ވާނުވާ ބެލެހެއްޓުމެވެ. މީހުންނާ ހަވާލުކޮށްފައި ހުންނަ ކަންކަން ކުރާނުކުރާ ގޮތް ބެލެހެއްޓުމެވެ. ގެޔަށް ދާންވާއިރު ހުންނާނީ ކައްކާފައެވެ. ކައި ނިމިގެން ފެން ބޯންވާއިރު ބޭސް ނަގާދީފައި ކައިރީގައި އެކައިތޯ ބަލަންވެސް ހުންނާނެއެވެ. ކޮޓަރިއަށް އަރާމް ކޮށްލަން ދާންވާއިރު ކޮޓަރި ސާފުކޮށް ތަންމަތިއަޅާ މީރުވަސް ދުއްވާފައި ހުންނާނެއެވެ. އަރާމުކޮށްލަން އޮށޯތުމަށް ފަހު ގޮވާ އުނދަގޫކޮށް ނަހަދާނެވެ. ހާދަ ކަމެއް ކޮށްދީފިއެވެ. ކުރީގައި އަހަންނަށް ފާހަގަ ނުކުރެވޭ އެތައް ކަމެއް މިހާރު މި ފާހަގަ ވަނީ ކީއްވެބާއެވެ. ކުރިން އަހަންނަށް އެކަންކަން ކޮށްދެމުން ދިޔައިރު އެކަމަށް ޝުކުރު އަދާނުކުރެވުނީ ކީއްވެބާއެވެ.  މިހާރު އެލޯތްބާ އެ ސަމާލުކަމުން އަހަރެންމިވަނީ މަޙްރޫމްވެފައެވެ. އެންމެ ކުރިންވެސް ޖީޒާ އަހަރެންކެ ލޯބިވިއެވެ. އޭރު އަހަރެންވެސް ޖީޒާދެކެ ލޯބިވީމެވެ. އެކަމަކު ދުވަސްތައް ފާއިތުވީ ވީހެން އަހަރުމެންގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް އެހެން ކަންކަން ވަދެ އެކަން ކަން ހާސިލްކުރުމަށް ދަހިވެތިވީ ވަރުން ދެމީހުން ދެމެދުގައި ބިއްލޫރީގެ ފާރެއް ލެވުނު ފަދައެވެ. ދެމީހުން ދެބީރައްޓެހުންނަށް ވެގެން ދިޔައެވެ.

އެފާރު ފުންޑުފުންޑުކޮށްލެވުނީ ހަމަ އެންމެ ކަމަކުން ނެވެ. ޖީޒާކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެ މާލޭން ފަރުވާކޮށްކޮށް ރަގަޅު ނުވެގެން ސިންގަޕޫރަށް ގެންދިއަ ދަތުރު ވީ ބިރުވެރި ކަމުން ފުރިގެންވީ ދަތުރެކެވެ. ޖީޒާގެ ބަލީގެ އަސްލު ސަބަބު ދެނެގަނެވުނެވެ. އެތައް ޓެސްޓެއް ހެދުމަށްފަހު ޑޮކްޓަރ ޔަގީންކަންދިނީ ޖީޒާ ގެ ސިކުނޑި ކައިރީގައި ޓިއުމަރެއް އުފެދި އެބޮޑުވަމުން އަންނަ ވާހަކައެވެ.  ވަގުތުން އެމީހުން ފަރުވާފެށިއެވެ. އޮޕަރޭޝަނަށްފަހު ޖީޒާގެ ހާލު މުޅިން ރަގަޅު ނޫނަސް ކުޑަކޮށް އަމިއްލައަށް އުޅެލެވޭ ވަރުވުމުން އަހަރުމެން ކުދިންގާތަށް އެނބުރި އައީމެވެ. އޭގެ ފަހުން އެވީ ދެއަހަރު ދުވަހަކީ އަހަރެންގެ ހަޔާތުގައިވެސް ނާނަފަދަ އުފާވެރި ދުވަސްތަކެވެ. ޖީޒާ އުފަލުގައި ބެހެއްޓުމަށްޓަކައި އަހަރެން ކޮށްފައި ނުކުރާނީ ކޮންކަމެއްކަމެއްވެސް ނޭނގެއެވެ. ރައްޓެހިން ނިކަން ދިމާކުރެއެވެ. އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ޖީޒާގެ ހަޔާތުން އެންމެ ދުވަހެއްވެސް އިތުރަށް ލިބެންޏާ އަގުދީފައިވެސް އަހަރެން އެދުވަހެއް ގަތީމުހެވެ.

ހަމަހުން ހަމަހުން އަހަރެން ޖީޒާގޮވައިގެން ސިންގަޕޫރަށް ދަމެވެ. ބަރާބަރު ދެއަހަރާ ތިންހަފްތާވީ ދުވަހަކީ އަނެއްފަހަރު ޖީޒާ އޮޕްރޭޝްކުރަން ހަމަ ޖެހުނު ދުވަހެވެ. އެރޭ އެންމެ ފަހުގެ ކަމަކަށް އެދުނީ ކުދިން ގެނެސްދިނުމަށެވެ. ހަމަ ވަގުތުން އެކުދިން އެރޭ ދަންވަރު ފުލައިޓުން ގެންދިޔައީމެވެ. ކުދިން އަންނަންދެން ޑޮކްޓަރުން މަޑުކޮށްދިން ކަމަށްޓަކާ އެވަގުތު ޖީޒާ ޑޮކްޓަރަށް ޝުކުރުވެސް އަދާކުރިއެވެ. އެތައް ވާހަކަ އެއް ދެއްކުމަށް ފަހު އަހަރެންނާ ހަތަރު ކަޅި ހަމަ ކޮށްލާފައި އެއް އަތުން އަހަރެންގެ އަތްތިލަ ނަގާ ތުންފަތުގައި ޖައްސާލިއެވެ. ދެމީހުންވެސް ބުނާއެއްޗެއްނޭގިފައި ތިބެވުނީއެވެ. އެބެލުމުގައި ތަފާތުކަމެއްހުރި ކަން އެވަގުތުވެސް ފާހަގަވިއެވެ. ވަކިވުމުގެ ކުލަތައް އެމޫނުން އަހަންނަށް ފެނުނެވެ. ހިތްފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ތިއޭޓަރަށް ވެއްދިތާ ދިހަމިނިޓްވެސް ނުވަނިސް ޑޮކްޓަރ ވަރަށް ހާސްވެފައި ނުކުމެ އަހަރުމެންނާ ބައްދަލުކުރީ އެބިރުވެރި ޚަބަރުދޭށެވެ. ހޭނައްތާ ޑޮކްޓަރ ހޭނައްތަން ނުފަށަނިސް މާބޮޑަށް އޮކްސިޖަންލެވެލް ދަށަށްދާންފެށި ވާހަކައާއި އެމީހުންނަށް އިތުރަށް ފަރުވާއެއް ނުދެވިގެން އުޅެނިކޮށް ޖީޒާ މިދުނިޔެއާއި ވަކިވިވާހަކައެވެ. ޚަބަރު ލިބުމާއެކު މިހިތަށް ބަރުދާސްތުކުރަން ދަތިވެ ހަށިގަނޑުގެ ހަކަތަ ހުސްވެ، ސިކުނޑި މަސައްކަތްކުރުން ހުއްޓި ހުރިތަނަށް ތިިރިވީއެވެ.

***

“ބައްޕާ! ހޭލާދޯ…ނިދައިފި ކަމަށް ހީކުރީ”

ކޮޓަރި ޓަކި ޖަހާލުމަށްފަހު ދޮރުހުޅުވާލާފައި ޔުޝްފާއަހާލިއެވެ. ކޮންމެވެސް ކަމެއްޖެހިގެން އައިވައްތަރު އެމޫނަށް ބަލާލުމުން އަހަންނަށް އެގުނުނެވެ.

“ނޫނޭ ދަރިފުޅު، ކަމަކުތަ”

އޮށޯވެގެން އޮތް ތަނުން ކުޑަކޮށް ފޫހިއްލާލާފައި އެނދުކޮޅުގައި ބާލީސް ލައްކޮށްލާފައި އޭގައި ލެނގިލީމެވެ. ޔުޝްފާބުނަން އުޅޭ އެއްޗަކަށް ސަމާލުކަންދޭކަން އަހަރެން ހާމަ ކުރީމެެވެ. ޖީޒާއާއި ވަކިވެ ދިޔުމަށްފަހު ތިން އަންހެންދަރިންގެ ކަންކަން އެކަނި ކުރަން ޖެހުންވީ ހީކުރި ވަރަށް ވުރެ ބޮޑު ކަމަކަށެވެ. ބައެއްފަހަރު އަހަރެން އަންހެނަކު ވިސްނާހެން ވިސްނަން ޖެހެއެވެ. އަނެއްބައި ފަހަރު އެކުދިންގެ ވިސްނުމުން އެކުދިންގެ އުމުރުގެ ކުއްޖަކު ވިސްނާހެން ވިސްނަން ޖެހެއެވެ. މީ ހަމައެކަނި ފިރިމީހާގެ މަޤާމުގައި ކުރިން އުޅެމުން އައި މީހަކަށް މިހާރު ކުރަން ފަސޭހަ ކަމެއްނޫނެވެ. ވަރަށް މަސައްކަތުން ކުދިންނަށް ވަގުތުދީ އެކުދިންގެ ވިސްނުމާއެކުގައި ކަންކަން ކޮށްދެވޭތޯ ބަލަނީއެވެ.

“ބައްޕާ!..ބައްޕައަށް އޯކޭތަ ޔުޝް ފޮޓޯސެޝަނެއްގަ ބައިވެރި ވެލިއަސް”

“ކޮންކަހަލަ ފޮޓޮއެއްގެވާހަކަ ދަރިފުޅު ތިބުނީ”

ކުއްލިއަކަށް އެތަކެއް ސުވާލެއް ހިތައް އެރި އެވެ. އެހެން ނަމަވެސް ޔުޝްފާއަކީ ނިކަން ފަސޭހައިން މޫޑްއޮފްވާ ކުއްޖެކެވެ. ވާއެއް ނުވާއެއް ނޭނގި މީހުންނާ އެކަހެރިވެ ވާހަކަ ނުދައްކާ އިނދެފާނެއެވެ. ވިސްނައިގެން ރުއްސައިގެން ކަންކަން ކުރަންޖެހެނީ އެހެންވެއެވެ.

“މީ.. ބައްޕައަށް އެނގޭތަ ޖުމައިލް ކިޔާމީހެއް.. ވަރަށް މަޝްހޫރު މީހެއްއެއީ…ފެޝަންޑިޒައިނަރ ޖުމްމަ ކިޔާނީ…”

ނުނިމޭ…….

(ސާނަގެ ކުރުވާހަކަ ކޮންމެ ބުރާސްފަތި އަދި އާދީއްތަ ދުވަހެއްގެ ހެނދުނު 7:00 ގައި އިންތިޒާރު ކޮށްލައްވާ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.