ރެހެންދި ސްކޫލުގެ ނައިޓް މާކެޓް އަންނަ ނޮވެމްބަރު މަހު ބާއްވަނީ..

ހުޅުމާލޭ ރެހެންދި ސްކޫލުގެ ޕީ.ޓީ.އޭއިން އިންތިޒާމް ކޮށްގެން ބާއްވާ ރެހެންދި ނައިޓް މާކެޓް 2016 އަންނަ ނޮވެމްބަރު މަހު ބާއްވާގޮތަށް ނިންމައިފިއެވެ.

ރެހެންދި ސްކޫލުގެ ޕީޓީއޭއަށް ފައިސާ ހޯދުމަށް ބާއްވާ މި ނައިޓް މާކެޓް އޮންނާނީ ނޮވެމްބަރު މަހުގެ 3 ން 12 އަށް ކަމަށް އެ ސްކޫލުގެ ޕީޓީއޭ އިން މަޢުލޫމާތު ދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕީޓީއޭ އިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މި ނައިޓް މާކެޓަކީ ރެހެންދި ސްކޫލުން މިއަހަރު ބާއްވާ މިފަދަ ދެވަނަ ނައިޓް މާކެޓް ކަމަށާއި މިއަހަރުގެ ފުރަތަމަ ނައިޓް މާކެޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ނައިޓް މާކެޓަށް ދުވާލަކު 5000އަށް ވުރެ ގިނަމީހުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި ނޮވެމްބަރު މަހު ބާއްވާ ނައިޓް މާކެޓަށް މިއަށްވުރެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް ރެހެންދި ސްކޫލުގެ ޕީޓީއޭ އިން ބުންޏެވެ.

އަދި މި ނައިޓް މާކެޓުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ރެހެންދި ސްކޫލްގެ އޮފީހުން މިހާރު ކުރިއަށްދާ ކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7773521 އަދި 9697112 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.