“އަހަރެން މިއޮތީ ބޮޑު މަހެއްގެ އަނގަތެރޭގައި، އޭތި އުޅެނީ އަހަރެން ކާލަން”

ބޮޑު މަހުގެ އަނގަ ތެރޭގައި ތާށިވި މީހަކު އޭގެ އަނގަތެރެއިން ސަލާމަތް ވެއްޖެއެވެ.

އެމެރިކާގެ ޕްރޮވިންސްޓައުންގެ ކޭޕް ކޮޑްގައި އިހީގެ މަސްވެރިކަމަށް ފީނަން އުޅުނު 56 އަހަރުގެ މައިކަލް ޕެކާޑް، ބޮޑު މަހެއްގެ ޝިކާރައަކަށްވީ އިހި ނަގަން އުޅުމުގެތެރޭގައެވެ.

އިޝްތިހާރު Below Header ad

ބޭރުގެ ނޫހަކަށް މަޢުލޫމާތު ދެމުން މައިކަލް ބުނެފައި ވަނީ، އިހި ނެގުމަށް ކަނޑުގެ 45 ފޫޓު އަޑީގައި ފީނަމުން ދަނިކޮށް ކުއްލިއަކަށް އެއްޗެއްގައި ޖެހުނުހެން ހީވި ކަމަށެވެ. އަދި އެއަށް ފަހު މުޅި ތަން އަނދިރިވީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ އެސަރަހައްދަކީ މިޔަރު ގިނަ ސަރަހައްދަކަށް ވުމުން އެންމެ ފުރަތަމަ އޭނާ ހީކުރީ މިޔަރެއް ދަތްއެޅީ ކަމަށް ކަމަށެވެ. ނަމަވެސް މިޔަރެއް ދަތް އެޅުމުން ވާނެ ފަދަ ތަދެއް އިހުސާން ނުވުމުން އެއީ މިޔަރެއް ނޫން ކަން އެނގުނެވެ.

ވެގެން އުޅޭ ގޮތެއް އޭނާއަށް ރަނގަޅަށް އިހުސާސް ވުމުން އޭނާ ހިތައް އެރިއެވެ، “ކަމަކުދާކަށް ނެތެވެ. އަހަރެން މިއޮތީ ބޮޑު މަހެއްގެ އަނގަ ތެރޭގައެވެ. އަދި އޭތި އުޅެނީ އަހަރެން ކާލާށެވެ” ބޮޑު މަހެއްގެ އެއްއިރުގެ ކާނާއަށް ވެދާނެކަން އިހުސާސް ވުމުން ހިތައް ބިރުވެރިކަން ވަތް ކަމަށާއި، އޭނާގެ ނިމުން އައީކަން އިހުސާސް ކުރެވުނު ކަމަށް މައިކަލް ބުނެފައިވެއެވެ.

ގާތްގަނޑަކަށް 30 ސިކުންތު މަހުގެ އަނގަ ތެރޭގައި އޮތް ކަމަށް މައިކަލް ލަފާކުރެއެވެ. އަދި އެވަގުތުވެސް ފީނަން ބޭނުންކުރި އޮކްސިޖަން ޓޭންކާއި މާސްކު އަޅާފައި ވުމުން މަހުގެ އަނގަތެރޭގައި ވެސް އޭނާއަށް ނޭވާ ލެވުނު ކަމަށް ބުނެފައިވެއެވެ.

މަހުގެ އަނގަތެރޭގައި ކުރެވުނު ބިރުވެރި ތަޖުރިބާ އިތުރަށް ކިޔައިދެމުން މައިކަލް ބުނެފައި ވަނީ ކުއްލިއަކަށް އެމަސް ކަނޑުން މައްޗަށް އެރި ކަމަށާއި، އަދި ދެފަރާތައް ބޯ ތަޅުވާލުމަށްފަހު ކުޅެއް ޖަހާ އުސޫލުން އޭތީގެ އަނގަތެރެއިން އޭނާ ބޭރަށް އެއްލައިލީ ކަމަށެވެ.

އެހާދިސާއަށް ފަހު އޭނާ ސަލާމަތްކޮށް ކަނޑުން ނަގާފައި ވަނީ އިހި ހިފުމަށް އޭނާއާއި އެކު ދިޔަ އޭނާގެ އެކުވެރިންނެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮވިންސްޓައުންގެ ސެންޓަރ ފޮރ ކޯސްޓަލް ސްޓަޑީސްގައި ބޮޑުމަސް ތަހުލީލް ކުރާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖޫކް ރޮބިންސް ބުނެފައި ވަނީ، މިއީ ދޮގެކޭ ބުނަން ނޭންގޭ ކަމަށާއި އަދި މިފަދަ ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އަދި ބޮޑުމަހުގެ ކެއުމުގެ އާދަ ހުންނަ ގޮތުން މަސް އައިނެއް ފެނުމުން އަނގަ ހުޅުވައި އެއްފަހަރާ އެތައް މަހެއް އަނގައަށް ވައްދާލާފައި ދިރުވާލާ ކަމަށާއި، ނަމަވެސް އިންސާނަކު ހުރިގޮތަށް ދިރުވާލާ ވަރަށް ވުރެ ބޮޑުމަހުގެ ކަރު ހިމަވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. މައިކަލް ސަލާމަތްވީ މި ސަބަބައްޓަކައި ކަމަށް ދެކޭ ކަމަސްވެސް އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ރޮބިންސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.