
މެންޗެސްޓާ ސިޓީއަށްވެސް ފަސޭހަ މޮޅެއް.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ސްވެސްސީ ބައްދަލުކުރި މެޗުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ރޭގެ މެޗުން މެންޗެސްޓާ ސިޓީ ސްވެސްސީ ގެ މައްޗަށް ކުރިހޯދި 1-3 ގެ ނަތީޖާއިންނެވެ.
މީ ޖެހިޖެހިގެން މެންޗެސްޓާ ސިޓީ ހޯދި 6 ވަނަ މޮޅުކަންވެސް ފާހަގަކޮށްލެވެއެވެ.
މިރޭގެ މެޗުގައި ސާޖިއޯ އަގުއޭރޯގެ ލަނޑުން ސިޓީ ލީޑު ނަގާފައިވަނިކޮށް ފެނާންޑޯ ލޮރެންޓޭގެ ގޯލުން ސްވަންސީން ނަތީޖާ ހަމަހަމަކުރި އެވެ. ސިޓީ މޮޅުވީ ފަހު ހާފުގައި ޕެނަލްޓީއަކުން އަގުއޭރޯ ކާމިޔާބުކުރި ގޯލާއި ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ.
މި މޮޅާއެކު އެއް ވަނައިގައި އޮތީ ހަ މެޗުން ހަ މޮޅުވި ހޯދައިގެން 18 ޕޮއިންޓާ އެކު ސިޓީ އެވެ.
މިޑްލްސްބަރާ އަތުން 2-1 އިން މޮޅުވެ 14 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ދެ ވަނަ އަށް އެރިއިރު ލިވަޕޫލް ވަނީ ހަލް ސިޓީ އަތުން 5-1 އިން މޮޅުވެ 13 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޖޭމްސް މިލްނާ ދެ ލަނޑު ޖެހިއިރު ލިވަޕޫލުގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ އެޑަމް ލަލާނާ އާއި ސަޑިއޯ މާނޭ އަދި ފިލިއްޕޭ ކުޓީނިއޯ އެވެ.
ވާދަވެރި ޔުނައިޓެޑު މިވަގުތު އޮތީ 12 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގަ އެވެ.