ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކުރި ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ) އާ 09 އޭޕްރިލް 2025 ގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި އާއްމުންނަށް ހުޅުވާލީ މިއަދު ހަވީރު 4 ޖެހިއިރުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

‏މި މަޝްރޫޢު ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ. އަދި މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއްޤާއިމުކުރެވިފައިވާއިރު، ބޭންކް އޮފް ސިލޯން ކުރިމަތިން ޚާއްޞަ ޕާކިންގ އޭރިއާއެއް ތަރައްޤީކޮށްފައިވެއެވެ.

އަލަށް ތަރައްގީކުރި ސަރަޙައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އިއްޔެ އެ ސަރަހައްދުގައި ގަަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.