ނ. ވެލިދޫގައި އަމިއްލަ ފަރާތްތަކެއްގެ ހިލޭ އެހީގައި ވަގުތީ ފެރީ ގިމަތައެއް ޤާއިމް ކުރަނީ

މިލަދުން މަޑުލު ދެކުނު ބުރީ ވެލިދޫގައި، ވަގުތީ ފެރީ ގިމަތައެއް އެޅުމަށްޓަކައި މަސައްކަތު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ ކަމުގައި ނ.ވެލިދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި ގިމަތަ އަޅަނީ އަމިއްލަ ފަރާތްތަކެއްގެ ހިލޭ އެހީގެ ދަށުން ކަމުގައި ކައުންސިލްގެ ރައީސް އާތިފް ޙުސެއިން ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad
ނ. ވެލިދޫ ކައުންސިލް ރައީސް، އާތިފް ޙުސެއިން
ނ. ވެލިދޫ ކައުންސިލް ރައީސް، އާތިފް ޙުސެއިން

ކައުންސިލް ހުވާކުރާތާ 6 މަސް ދުވަހުގެ ތެރޭގައި، ނ.ވެލިދޫގައި ފެރީ ގިމަތައެއް އެޅުމަށް، ކައުންސިލްގެ މިހާރުގެ ރައީސްވަނީ ކެމްޕެއިނުގައި ވަޢުދުވެލައްވާފައެވެ. މިގޮތުން ކައުންސިލް ހުވާ ކުރިތާ ފުރަތަމަ ހަފްތާގެ ތެރޭގައި މިކަމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިގަނެފައެވެ. އާތިފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ވަގުތީ ގިމަތައެއް މިވަގުތު އެޅުމަށް ނިންމީ، ދާއިމީ ގިމަތަ އެޅުމަށް ކަނޑައެޅިފައިވާ ބިމުގައި މިވަގުތު އޮޑިތަކާއި އެކު އޮޑި ހަރުގެ ތަކެއް ހުރުމުންނެވެ.  އެހެންކަމުން އޮޑިވެރީންނާއި އެކު މިކަމާއި މެދު މަޝްވަރާ ކުރެވުނެވެ. އޮޑިހަރުގެތައް ނަގައި އެ ބިން އަނބުރާ ކައުންސިލަށް ނެގެން އޮތީ އެއް އަހަރު ދުވަސް ފަހުން ކަމުގައިވާތީ، މިވަގުތަށް ވަގުތީ ގިމަތައެއް އެޅުމަށް ކައުންސިލުން ނިންމީ ކަމުގައި އާތިފް ވިދާޅުވިއެވެ. ނަމަވެސް ދާއިމީ ގިމަތައެއް އެޅުމަށްޓަކައި މިހާރުވެސް އަންނަނީ ފަންނީ މާހިރުންނާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ޕްލޭންކުރެވެމުން ކަމުގައި ކައުންސިލްގެ ރައީސް އާތިފް ޙުސައިން އިތުރަށް ފާހަގަ ކުރެއްވިއެވެ.

ވަގުތީ ގޮތުން އެޅިގެންދާ ގިމަތައިގައިވެސް، ވަގުތީ ލަގެޖް އޭރިއާއެއްގެ އިތުރުން، އަތް ދޮވެވޭނެ އިންތިޒާމާއި، ފޯނު ޗާޖުކޮށްލެވޭނެ ގޮތް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން ދަތުރުވެރީން އިށީންދެގެން ތިބޭނެ ތަނެއްވެސް ހުންނާނެކަމުގައި ކައުންސިލް ރައީސް މަޢުލޫމާތު ދެއްވިއެވެ. އަދި ދާއިމީ ފެރީ ގިމަތަ އިރާދަ ކުރެއްވިއްޔާ ވެގެންދާނީ ވަރަށް ފުރިހަމަ ގިމަތައަކަށް ކަމުގައިވެސް އާތިފް ވިދާޅުވިއެވެ. ސަތޭކަ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޤާއިމްކުރުމަށް މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފައިވާ މި ގިމަތަ ޤާއިމްކުރަނީ، އެރަށު ޙުސައިން މުޙައްމަދު، ޚާލިދު އިބްރާހީމް އަދި އަހުމަދު ރިޒާގެ ހިލޭ އެހީގެ ދަށުންކަމުގައި ކައުންސިލް ރައީސް ވަނީ މަޢުލޫމާތު ދެއްވާފައެވެ. މިފަދަ ގިމަތައެއް ވެލިދޫގައި ޤާއިމްވެގެން ދިއުން ވާނީ، އަތޮޅު ފެރީއިން ދަތުރުކުރާ ފަރާތްތަކަށާއި އެހެންވެސް ދަތުރުވެރީންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމަކަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވަރަށް ރަނގަޅު ކަމެއް ތީ.. ޝުކުރުކޮށް އުފާކުރަން މިދެމީހުން ގެ އެހީތެރިކަން. ވެލިދޫ ރައްވެއްސެއް ތިކަމުގަ ނުހިމެނުނީ ކީއްވެބާ؟

  2. ވަރަށް ރަނގަޅު ކަމެއް ތިކުރަނީ. މިފަދަ ރަށަށް ފައިދާހުރި ގިނަ ކަންކަން ފެނިގެން ދިއުނ އުންމީދަކީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.