މާލޭގެ ބައެއް ދަރިވަރުންނަށް ޓެބްލެޓް ނުލިބޭތާ ދޮޅު އަހަރު

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީސްޓޭޖު 1 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް 1000 ޓެބްލެޓް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިޢުލާނުކޮށްފި އެވެ.

1،000 ޓެބްލެޓު ފޯރުކޮށްދިނުމަށް ބިޑަށް ހުށައަޅާފައިވާ އިރު، މިފަހަރު އިޢުލާނުކޮށްފައިވާ ބިޑުން ގްރޭޑު 1 އަދި 2 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓެބްލެޓު ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިޝްތިހާރު Below Header ad

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަސްދޮޅަހަށް ވުރެ ގިނަ ރަށް މޮނިޓަރިންގއަށް ލާފައިވާއިރު، ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ކިޔަވައި ދެވެމުން އަންނަނީ އޮންލައިންކޮށެވެ.

އޮންލައިނކޮށް ކުލާސްތަކަށް ވަނުމަށް ދަތިކަން ހުރި ދަރިވަރުންނަށް ތައުލީމުން މަހްރޫމް ވިޔަ ނުދިނުމަށް އެޑިޔުކޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ކޮވިޑ1-19 ގެ ބަލިމަޑުކަމާއެކު ސްކޫލުތައް ބަންދުކޮށްފައިވާތީ، އޮންލައިންކޮށް ކިޔަވައިދިނުމަށް ދަރިވަރުންނަށް ދިމާވާ އިންޓަރނެޓުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ޑޭޓާގެ މައްސަލަ ހައްލުކުރަން ޕްލެޓްފޯމެއް ގާއިމުކޮށް، ޓެސްޓު ކުރެވިފައިވާ ކަމަށެވެ.

“މި ޕްލެޓްފޯމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުން ކުރެވޭނެ. އެގޮތުން އަންނަ ހަފްތާގައި މި ޕްލެޓްފޯމް ބައެއް ސްކޫލްތަކުގައި ޕައިލެޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ.” މިނިސްޓަރ އެދުވަހު ވިދާޅުވި އެވެ.

މީގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު، މާލޭގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ކުދިންނަށް އަދިވެސް ޓެބްލެޓް ލިބިފައެއް ނުވެއެވެ. އެގޮތުން ބައެއް ކުދިން ޓެބްލެޓްގެ އިންތިޒާރުގައި ތިބޭތާ ދޮޅު އަހަރުވެއްޖެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.