މިފަހަރު ޔޫރޯގައި ވިދާލާނެ ކަމަށް ބެލެވޭ ޒުވާން ކުޅުންތެރިން

1. އަންސޫ ފަޓީ (ސްޕެއިން)

ansu fati espana

މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ވިދާލި އުމުރުން 18 އަހަރުގެ އަންސޫ ފަޓީ ވަނީ އެ ޓީމަށްް 5 ލަނޑު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 2020 ވަނަ އަހަރު ލަލީގާއިން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނު ފަޓީ ވަނީ ސްޕެއިންގެ ގައުމީ ޓީމުން ޖާގަ ހޯދައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅެދިން ހަތަރު މެޗުގައި ފަޓީ ވަނީ އެއް ލަނޑު ޖަހައިދީފަ އެވެ. މިދިޔަ އަހަރު ސްޕެއިންގެ ގައުމީޓީމުން ޖާގަހޯދި ފަޓީ އަންނަނީ ކުލަބު ލެވެލްގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިޝްތިހާރު Below Header ad

2. ފިލް ފޯޑެން (އިންގްލެންޑް)

Phil Foden

މިދިޔަ އަހަރު އިނގިރޭސި ސީނިއަރ ގައުމީޓީމުން ޖާގަ ހޯދި ފިލް ފޯޑެން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މެންޗެސްޓާ ސިޓީއިން ވިދާލި އުމުރުން 21 އަހަރުގެ ފޯޑެން ނިމިގެން ދިޔަ ސީޒަނުގައި ސިޓީއަށް ކުޅެދިން 50 މެޗުގައި 15 ގޯލް ޖަހާ 5 ލަނޑު ޖެހުމަށް އެހީތެރިވެދީފައި ވެއެވެ. ފޯޑެން މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން 6 މެޗުގައި ދެ ގޯލް ޖަހާފައިވެއެވެ. ފޯޑެން އަކީ މިވަގުތު އިނގިރޭސި ގައުމީޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

3. ޑެޔަން ކުލުސެސްކީ (ސްވިޑަން)

EherOI4VgAAE01h

އުމުރުން 21 އަހަރުގެ ކުލުސެސްކީ އަކީ މިވަގުތު ސްވިޑެން ޓީމުގައި ހުރި އެންމެ ޒުވާން އަދި އިތުބާރު އެއް ފޯވާޑެވެ. އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ ވަނީ ޔުވެންޓަސްގައި ނިމިގެން ދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނު 47 މެޗުގައި 7 ގޯލު ޖަހާފައިވެއެވެ. 2019 ވަނަ އަހަރު ސްވިޑަންގެ ގައުމީޓީމަށް ކުޅެން ފެށި ކުލުސެސްކީ ވަނީ ސްވިޑަންގެ ގައުމީޓީމަށް 12 މެޗު ކުޅެދީ އެއް ލަނޑު ޖަހާފައެވެ. އޭނާ ވަނީ ނިމިގެން ދިޔަ އަހަރު އިޓަލީ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

4. މޮއިސް ކީން (އިޓަލީ)

kean

އުމުރުން 21 އަހަރުގެ މޮއިސް ކީން އަކީ މިވަގުތު އިޓަލީގެ ގައުމީޓީމުގައި ހުރިން އެންމެ ޒުވާން އެއް ފޯވާޑެވެ. 2018 ވަނަ އަހަރު އިޓަލީގެ ގައުމީޓީމުން ފުރުސަތު ހޯދި ކީން އަކީ ޔޫރަޕްގެ މަޝްޙޫރު ގިނަ ކުލަބުތަކަކަށް ވެސް ކުޅެ ތަފާތު ދައްކާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ވަނީ ނިމިގެން ދިޔަ ސީޒަންގައި ޕީއެސްޖީއަށް ކުޅެދިން 41 މެޗުގައި 17 ގޯލް ޖަހައިދީފައެވެ. ނިމިގެން ދިޔަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކުރި އިރު ކީން ގެ ދައުރު ބޮޑެވެ. ކީން ވަނީ މިހާތަނަށް އިޓަލީގެ ސީނިއަ ގައުމީޓީމަށް ކުޅެދިން 9 މެޗުގައި ދެ ގޯލް ޖަހާފައެވެ.

5. ސަންޑްރޯ ޓޮނާލީ (އިޓަލީ)

italy v greece elite round u19 5c5d9483875aa3583e000001

އުމުރުން 21 އަހަރުގެ ޓޮނާލީ އަކީވެސް މިފަހަރު ޔޫރޯގައި ވާދަކުރާ އިޓަލީ ގައުމީޓީމުގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ ސީޒަނުގައި އޭސީ މިލާނުގައި ރަނގަޅު ކުޅުމެއް ދެއްކި ޓޮނާލީ އިޓަލީގެ ގައުމީޓީމުގައި ހިމެނުނީ 2019 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީޓީމަށް ހަތަރު މެޗެއް ކުޅެދީފައިވާއިރު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

6. ރަޔަން ގްރަވެންބަޗް (ނެދަލެންޑް)

ރަޔަން ގްރަވެންބަޗް އަކީ މިވަގުތު ނެދަލެންޑްގެ ޓީމުގައި ހިމެނޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އުމުރުން އެންމެ 19 އަހަރުގެ ގްރަވެންބަޗް އަކީ ނިމިގެން ދިޔަ ސީޒަނުގައި އަޔެކްސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އަޔެކްސްއަށް ކުޅެދިން 61 މެޗުގައި 9 ގޯލް ޖަހާދީފައިވެއެވެ. ނިމިގެން ދިޔަ ޑަޗް ލީގުގެ އެންމެ ޓެލެންޓެޑް ޒުވާން ކުޅުންތެރިޔާއަށް ދޭ މާކޯ ވެންބާސްޓަން އެވޯޑް ވެސް ލިބިފައިވަނީ ގްރަވެންބަޗް އަށެވެ. މިފަހަރުގެ މުބާރާތަކީ އޭނާ ނެދަލެންޑްގެ ސީނިއާ ގައުމީޓީމާއި އެކު ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

7. އެލިފް އެލްމާސް (ނޯތް މެސެޑޯނިއާ)

elmas

އިޓަލީގެ ނަޕޮލީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އުމުރުން 21 އަހަރުގެ އެލިފް އެލްމާސް އަކީ މިވަގުތު ނޯތް މެސެޑޯނިއާގެ މެދުތެރޭގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ ސީޒަނުގައި ނަޕޮލީއަށް ވެސް މޮޅު ކުޅުމެއް ދައްކަދީފައިވާ އެލްމާސް ވަނީ ނަޕޮލީއަށް ކުޅެދިން 41 މެޗުގައި ތިން ގޯލް ޖަހައިދީފައެވެ. 2017 ވަނަ އަހަރު ނޯތް މެސެޑޯނިއާ ސީނިއާ ގައުމީޓީމުން ޖާގަ ހޯދި އެލްމާސް ވަނީ އޭނާ ގައުމީޓީމަށް މިހާތަނަށް ކުޅެދިން 26 މެޗުގައި 7 ގޯލް ޖަހާފައެވެ. އޭނާ އަކީ މިފަހަރުގެ ޔޫރޯ މުބާރާތަށް ނޯތް މެސެޑޯނިއާ ކޮލިފައިވުމުގެ އަސްލޭވެސް ބުނެވިދާނެއެވެ.

8. ޑޮމިނިކް ޒޯބަސްލާއީ (ހަންގޭރީ)

5613

އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގްގައި ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ފަހު ޒޯބްސްލާއީ ޖަރުމަންގެ އާރްބީ ލެއިޕްޒިގް އަށް އަލަށް ބަދަލުވި ދާދި ފަހުންނެވެ. އޭނާ އޮސްޓްރިއަން ލީގުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ސާލްސްބާގް އަށް މިދިޔަ ސީޒަނުގައި ކުޅެދިން 56 މެޗުގައި 16 ގޯލް ޖަހާފައެވެ. އުމުރުން 20 އަހަރުގެ އިތުބާރު އެޓޭކިން މިޑްފީލްޑަރ ޑޮމިނިކް ޒޯބަސްލާއި އަކީ މިވަގުތު ހަންގޭރީ ޓީމުގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާއެވެ. ޔޫރޯއަށް ކޮލިފައި ވުމުގައި ޒޯބަސްލާއީގެ ދައުރު ބޮޑުއިރު، ކޮލިފައިންގައި އޭނާ ވަނީ މުހިންމު ގޯލްތަކެއް ވެސް ކާމިޔާބު ކޮށްދީފައިވެއެވެ. އެގޮތުން ކޮލިފައި ވުމަށް އައިސްލެންޑާއި ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުގައި ހަންގޭރީ މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ޑޮމިނިކް ޒޯބަސްލާއީއެވެ. 2019 ވަނަ އަހަރު ހަންގޭރީގެ ގައުމީޓީމަށް ކުޅެން ފެށި ޑޮމިނިކް ޒޯބަސްލާއީ ވަނީ މިހާތަނަށް ހަންގޭރީގެ ގައުމީޓީމަށް ކުޅެދިން 12 މެޗުގައި 3 ގޯލް ޖަހައިދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.