ގއ. އަތޮޅުގެ ދެ ރަށެއްގެ ދަނޑުގެ ސަބް ބޭސް ހެދުމަށް ހަވާލުކޮށްފި

ގއ. އަތޮޅުގެ ދެ ރަށެއްގެ ދަނޑުގެ ސަބް ބޭސް ހެދުމަށް ހަވާލުކޮށްފި އެެވެ.

ގއ. ދާންދޫ އާއި އެއަތޮޅު ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ކޮންޓްރެކްޓް ކޮށްފައިވަނީ ނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކުރަމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ނެވެ.

އިޝްތިހާރު Below Header ad

މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ދެ ރަށުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިޓާޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމް އެވެ.

ދެއްވަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،301،988.86 ރުފިޔާއަށެވެ. އަދި ދާންދޫ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،359،807.33 ރުފިޔާއަށެވެ.

މި ދެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ވެސް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކޮންޓްރެކްޓްގައި ބަޔާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.