ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ކޮމެންޓުކުރި 28 އަހަރުގެ މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ކޮމެންޓުކުރި 28 އަހަރުގެ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނީ، އެފަދަ ޓެރަރިޒަމާ ގުޅޭ މައްސަލަތައް ފުލުހުން ބަލަމުންދާނީ ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ނުވަތަ ތާއީދުކުރާ ކުރުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

އެއީ އެހެނިހެން ގާނޫނުތަކުން ވެސް އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެއްކަން ރިޔާޒް ވަނީ ހަނދާން ކޮށްދެއްވާފަ އެވެ. އަދި ކާކުކަން އެނގޭ ގޮތަށާއި ނޭނގޭ ގޮތަށް ވެސް ސޯޝަލް މީޑިއާ އެކައުންޓުތަކުން ޓެރަރިޒަމަށް ހިތްވަރު ދޭ ގޮތަށް ކޮށްފަ ހުރި ޕޯސްޓުތަކާއި ކޮމެންޓުތަކުގެ މައުލޫމާތު ނަގައި އެއީ ކޮން ބައެއްތޯ ބަލައި، އެ މައުލޫމާތުތައް އަންނަނީ އެއްކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

“ހިތްވަރު ދިނުން” ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ.

އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.