ޚަބަރު ފީތާ

ކޮވިޑު ޖެހިގެން ރާއްޖެއިން 10 އަހަރުގެ ކުއްޖެއް ނިޔާވެއްޖެ

ކޮވިޑު ޖެހިގެން ރާއްޖެއިން 10 އަހަރުގެ ކުއްޖެއް ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިކުއްޖާ ނިޔާވެފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް އެމަރޖެންސީގައި ގެންގޮސް ފަރުވާދެމުން ދަނިކޮށްނެވެ. އަދި މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނެތިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިއީ ނިޔާވެފައިވަނީ ނުކުޅެދުންތަރިކަން ހުންނަ ކުއްޖެއް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މި މަރާއެކު ކޮވިޑު ބަލީގައި މިހައިތަނަށް 170 މީހުން މިވަނީ ނިޔާވެފަ އެވެ.

މިއީ ކުޑަކުއްޖަކު މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ފަހަރެވެ. މި ކުއްޖާގެ އިތުރުން ދެން މިބަލީގައި ރާޢްޖެއިން ނިޔާވެފައިވާ އެންމެ ހައްގު ދިވެއްސަކީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ޖެހިގެން އުމުރުން ހަތް އަހަރުގެ ކުއްޖަކަށް މިހާރުވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

Like
Like Love Haha Wow Sad Angry