ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް، ރާއްޖެ ވަޑައިގަންނަވައިފި

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް އަޒީޒް އަޙްމަދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ބަނގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހީޒް އެކްސެލެންސީ ރިއަރ އެޑްމިރަލް ހަޒްމުލް ޙަސަންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޗީފް އޮފް ޕްރޮޓޮކޯލް، އާއިޝަތު ޝާން ޝާކިރު އަދި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

އިޝްތިހާރު Below Header ad

ޖެނެރަލް އަޒީޒް އަޙްމަދު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

ޖެނެރަލް އަޒީޒް އަޙްމަދު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ބަނގްލަދޭޝް އަސްކަރިއްޔާއިން ވަނީ އެތަކެއް ރޮނގަކުން އެމްއެންޑީއެފްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، ޚާއްޞަކޮށް ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ގޮތްގޮތުން ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން، ކޯވިޑް-19 އާ ގުޅިގެން ނޭޕާލްގައި ތާށިވެފައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނެސްދިނުމުގައާއި، މި ޕެންޑަމިކްގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަނގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމެއް މިހާރު ވެސް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.