ރައްޔިތުން ވާވެއްދުން ހުއްޓާލަން ޖެހޭ! : ޝެއިޚް އަޙްމަދު ސަމީރު

ދީނަށް ފުރައްސާރަކުރުމަށް މަގުފަހިވާ ގޮތަށް ޤާނޫނަށް ގެންނަން އުޅޭ ބަދަލާއި މެދު ރައްޔިތުން ކަންބޮޑުވި ޢިބާރާތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި، އެގޮތުގައި ފާސްކުރުމުގެ ބަހަނާއެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުން ފިލުވަން ކަމަށް ބުނެ، ޤާނޫނުލް ޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙު ކަމުގައި އޭ.ޖީ އިން ލިޔެފައިވާ ޢިބާރާތަކީ މިހާރުވެސް އެޤާނޫނުގެ 617 ގައި އޮތް އެއްޗެއް ކަމުގައި އައްޝެއިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިފަދައިން ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައެވެ.

ރައްޔިތުން ވާވެއްދުން ހުއްޓާލަން ޖެހޭކަމުގައި ވިދާޅުވެ، އެބޭފުޅާވަނީ، އެޓާނީ ޖެނެރަލް އިން ނެރެފައިވާ ނޫސްބަޔާނުގެ ސްކްރީން ޝޮޓަކާއި، އެބަޔާނުގައި ބަޔާންކޮށްފައިވާ ޤާނޫނުގެ 617 ވަނަ މާއްދާގެ ސްކްރީން ޝޮޓެއްވެސް ޙިއްސާކުރައްވާފައެވެ. ނަފްރަތުގެ ޢަމަލު ހިންގުމުގެ ކުށުގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައިވާ ކަންކަމާއިމެދު ޢިލްމުވެރީންނާއި ރައްޔިތުންގެ ގިނަބަޔަކު އަންނަނީ ނުރުހުމާއި ފާޑު ކިޔުންތައް ސަރުކާރަށް ރައްދުކުރަމުންނެވެ. އަދި މިބިލަކީ، ލާދީނީ އަދި ދީނާއި އިދިކޮޅު ޙަރަކާތްތައް ހިންގާ މީޙުން ޙިމާޔަތްކޮށް، އެފަދަ ފަރާތްތަކާއި ދެކޮޅަށް ބަސްބުނާ މީހުން ތަޅު އަޅުވައި، ޖަލުގަި ބަންދުކުރުމުގެ ގޮތުން ގެންނަން އުޅޭ ބަދަލެއް ކަމުގައިވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މުސްލިމުންނާ ދިމާލަށް މުސްލިމުން ތިޔައީ ބޮޑު ކާފަރެކޭ ގޮވުން މިހާރު އާއްމުވެއްޖެ. ވަަރުގަދަ ގާނޫނަކުން ނަވެސް އެއަނގަތަށް ބަންދު ނުކޮށްފިނަމަ އިތުރު މާރާމާރީތައް ހިގަންފަށާފާނެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.