ޚަބަރު ފީތާ

މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވައިފި

ފައިލް ފޮޓޯ

މާލެ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ހުޅުވައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި 37 މިސްކިތް ނަމާދުކުރުމަށާއި ފާޚާނާ ކުރުމަށާއި ވުޟޫކުރެވޭނެ ގޮތަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތަށް ނިންމީ ބައެއް ފަރާތްތަކުން އެއްވެސް ގައިދުރުކަމެއްނެތި ނަމާދުކުރަމުންދާތީ ޢާއްމު މަސްލަޙަތަށްޓަކައި ކަމަށް ވެސް އޭރެވަނީ ބުނެފަ އެެވެ.

އާއްމުންގެ ކަންބޮޑުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއެކު ދީނީ ވާޖިބުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން އަލުން މިސްކިތްތައް ހުޅުވާފައި މިވަނީ މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވައިފި"

  1. އުމަރު ވަޙީދު | ޖޫން 2, 2021 at 00:32 |

    މީހުން ނަމާދަށް ހުއްދަވެސް ދޭންވާނެ

Comments are closed.

%d bloggers like this: