ކޮވިޑު ވޭރިއަންޓުތަކަށް ގްރީކު އަކުރުތަކުން ނަން ދީފި

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރު ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ވޭރިއަންޓުތަކަަށް ގްރީކް އަކުރުތަކުން ނަން ދީފި އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ވޭރިއެންޓުތަކުގެ ގޮތުގައި މިހާރުކަނޑައަޅާފައިވާ 4 ވޭރިއެންޓަށް ގްރީކް އަކުރުން ނަން ދީފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އިނގިރޭސިވިލާތުގެ ވޭރިއެންޓަށް “އަލްފާ” ސައުތު އެފްރިކާގެ ވޭރިއެންޓަށް “ބީޓާ” ގެ ނަން ވަނީ ދީފަ އެވެ. އަދި ބްރެޒިލްގެ ވޭރިއެންޓަށް “ގާމާ” ކިޔާފައިވާ އިރު، އިންޑިއާގެ ވޭރިއެންޓަށް ދީފައިވާ ނަމަކީ “ޑެލްޓާ” އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މި އަކުރުތައް ބޭނުންކުރާނީ މި ވޭރިއެންޓުތައް ދެނެގަނެވިފައިވާ ތަރުތީބުން ކަމަށެވެ. އަދި ބާކީ ހުރި ވޭރިއެންޓުތަކަށްވެސް ގުރީކު އަކުރުގެ ތަރުތީބުން ނަން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން މިގޮތަށް ނިންމީ އެކި ވޭރިއެންޓުތައް ދެނެގަންނަން ފަސޭހަވެ، އޮޅުން އަރާ މިންވަރު ކުޑަ ކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވޭރިއަންޓުތަކަށް އެކި ޤައުމުތަކަށް ނިސްބަތްވާ ގޮތަށް ނަން ދިނުމުގެ ސަބަބުން، އެ ޤައުމުތަކާއި މެދު އެހެން މީހުން ދެކޭ ގޮތް ބަދަލުވެ، އުފެދިގެންދާ އިޖްތިމާއީ މައްސަލަތައްވެސް ކުޑަކުރުމަކީ ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޭނުމެއް ކަމަށް ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން މިގޮތަށް ނަން ދީފައި މިވަނީ އެކި ޤައުމުތަކަށް ނިސްބަތްވާ ގޮތަށް ވޭރިއެންޓުތަކަށް ނަން ދީފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވަމުންދާ ދުވަސްވަރެއްގަ އެވެ. އަދި އެކި ދޫންޏަށް ކިޔާ ނަންނަަން ވެސް ކުރިން ކިޔާފައިވާ އިރު، މި ބާވަތުގެ ދޫނިތަކަށް ނުރައްކަލާއި ކުރިމަތި ވެދާނެތީ، ގިނަ ބައެއްގެ ފާޑު ކިއުން ވެސް އަމާޒުވެފައިވާ ދުވަސްވަރެއްގަ އެވެ.

މި ނިންމުމާއި ގުޅިގެން ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ބުނީ، ކޮވިޑުގެ ވޭރިއެންޓުތަކަށް ދެވޭ ސައިންޓިފިކް ނަންނަމުގެ ސަބަބުން ގިނަ ފައިދާތަކެއް ވީނަމަވެސް، މި ފަދަ ނަންނަމަކީ ކިޔުމަށާއި ހަނދާނުގައި ބެހެއްޓުމަށް ދަތި ނަންތަކެއް ކަމަށެވެ.

އާންމު ގޮތެއްގައި، ޒަމާނުއްސުރެ ވައިރަސްތަކަށް ނަން ދެވެނީ އެ ވައިރަހެއް ވުޖޫދުވި ކަމަށް ކަނޑައަޅާ ތަނަކާއި ގުޅިގެންނެވެ.

އެގޮތުން ކޮންގޯގައި އޮންނަ ކޯރަކަށް ނިސްބަތްކޮށްދީފައިވާ އެބޯލާހިމެނެއެވެ. އެކަމަކު މި ގޮތަށް ނަން ދިނުމުގެ ސަބަބުން އެ ސަރަހައްދުތަކާއި މެދު މީހުންގެ ހިތުގައި ރުޅިވެރިކަން އުފެދެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.