އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު ފަސްކޮށްފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު ފަސްކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ޖަލްސާ މިހާރުފަސްކޮށްފައިވަނީ އަންނަ ޖޫން މަހު ބޭއްވުމަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިހާރުބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 30ގެ ކުރިން ކަމަށް ވެސް ބުންޏެވެ.

މިގޮތަށް ނިންމީ މި އަހަރުގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާ އެކުގައި ކަމަށް ވެސް އެމްޓީސީސީން ބުންނެވެ.

ލިސްޓިންގ ރޫލްސް އާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއާޒް ރެގިއުލޭޝަންގެ ދަށުން ލިސްޓެޑް ކުންފުނިތަކުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ މާދަމާ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު 253 ޕަސެންޓް އިތުރު އަދަދެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ އެމްޓީސީސީގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު ވިޔަފާރިކޮށްގެން އެމްޓީސީސީއަށް 1.37 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ފައިދާއާއެކު އެމްޓީސީސީން މިއަހަރު ހިއްސާއަކަށް 3 ރުފިޔާ ބަހަން ނިންމާފައިވާ އިރު، ހިއްސާގެ ފައިދާގެ ގޮތުގައި 24.11 މިލިއަން ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ވަނީ ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.