ޚަބަރު ފީތާ

އެސްޓީއޯ ވެއަރހައުސް ސޭލް އަންނަ މަހު ބާއްވަނީ

ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވެއަރހައުސް ސޭލް އަންނަ ނޮވެމްބަރ 6 އިން 10 އަށް ބޭއްވުމަށްވަނީ ނިންމައިފިއެވެ.

އަމީނީމަގު، އެސްޓީއޯ ސުޕަރމާރޓުގެ ގުދަން އެސްޓީއޯ 7 ނަންބަރު ކޮށީގައި ބާއްވާ މި ސޭލް އޮންނާނީ ރޭގަނޑު 20:00 އިން 23:00 އަށެވެ. އަދި މި ސޭލްގައި ފިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން، ސެމްސަންގ އަދި ސުޕަރމާޓް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

އަދި ފިލިޕްސް އާއި ސެމްސަންގ ޓީވީ އާއި ފިލިޕްސް ބަދިގޭސާމާނާއި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނުތައްވެސް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިސޭލް ކުރިއަށްދާއިރު ކުރައްވާ ކޮންމެ -/500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށާއި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތްތަކެއް ކޮންމެ އެއްގަޑިއިރެއްގެ ތެރޭގައި ހޮވާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން ބުނީ މިދިޔަ ދެއަހަރެއްގައި ބޭއްވި ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މި އަހަރުވެސް ބޮޑު ތަރުޙީބެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

 

Rate this post