ޚަބަރު ފީތާ

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުންފަތާއި ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ކޯވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ރާއްޖޭގައި ގޯސްވެފައިވާ މި ދަނޑިވަޅުގައި މިކަމުން ސަލާމަތްވެ ރައްކާތެރި ވުމަށް ދުންފަތުގެ އިލްތިމާސްކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުންފަތުގެ ނުބައި ވަބާއިން ރައްކާތެރި ވުމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިލްތިމާސް ނުކުރާ ދުވަހާއި ގުޅުވައިގެން އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބުގައި، ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ވެސް ފޮނުއްވާފައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ އަލިއަޅުވާލާފައެވެ.

އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: