ސަރުކާރުން އިންޓަރނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުގެ ތަފްސީލް ހާމަކޮށްފި

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުގެ ތަފްސީލް ހާމަކޮށްފި އެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަރނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަހަރުގެ ޖުލައި މަހު، އަގުތައް 28-30 ޕަސެންޓަށް ވަނީ ދަށްކޮށްފަ އެވެ. އަދި ޕެކޭޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރުމަށް ވަނީ ނިންމާފަ އެވެ.

އިޝްތިހާރު Below Header ad

އަންނަ ޖުލައި މަހުން ފެށިގެން 2 އެމްބީޕީއެސް އަށްވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ ކަމަށާއި އިންޓަރނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓަލް ސްޕީޑަކީވެސް ދެ އެމްބީޕީއެސް ކަމަށް ވަނީ ނިންމާފަ އެވެ.

އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދުފުޅަކަށް ވާ އިރު، މިގެންނަ ބަދަލާއެކު 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. އަދި 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ.

މީގެ އިތުރުން 200 ޖީބީ 700 ރުފިޔާއަށް ލިބޭ އިރު، އެއީ 25 އެމްބީޕީއެސްގަ އެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް 5 އެމްބީޕީއެސް އެވެ.

ބައިލް ބްރޮޑްބޭންޑްގެ އަގަށް %20 ބަދަލު އަންނާނީ 1 އޮކްޓޯބަރުން ފެށިގެން ނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.