ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލްގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް އެދިއްޖެ

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލްގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް އެދިއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އަންނަ 10 ޖޫންގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް (ކަސްޓަމަރ ސަރވިސް ސެންޓަރު ހިމެނޭހެން) ބަންދުވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެެހެންކަމުން އެ ދުވަސްތަކުގައި ކަސްޓަމަރުން ބޭންކިންގ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިމުއްދަތުގައި ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ޚިދުމަތް އަދި އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސްކުރުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި (އޭސީއެޗް) އަދި (އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މިދުވަސްތަކުގައި އޮންލައިންކޮށް ބޭންކްގެ ޚިދުމަތްތަކަށް އެދެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ އެގޮތުން މި ދުވަސްތަކުގައި ބޭންކު ހުޅުވަން ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، މި ތިން ދުވަހު އެކަނި ކަމަށާއި ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.