ޚަބަރު ފީތާ

ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެއްޖެ

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ޒައިނުއްދީން ޒިދާން އެ މަގާމުން ވަކިވެއްޖެ ކަމަށް ޚަބަރުތަކުން ބުނެފިއެވެ.

ރެއާލްއާއެކު ކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒިދާން މިވަގުތުން ފެށިގެން ކްލަބުގެ ކޯޗުކަމުން ވަކިވިކަން ދުނިޔޭގެ ގިނަ މީޑިއާތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ޒިދާން އެ މަގާމު ދޫކޮށްލި ސަބަބެއް ކަމުގައި ރިޕޯޓުތަކުގައި ވަނީ މިފަހަރުގެ ސީޒަންގެ ނާކާމިޔާބީއާއި ގުޅިގެންނެވެ.

މިފަހަރު ސްޕެނިޝް ލީގުގެ ދެވަނަ މަގާމުގައި ސީޒަން ނިންމާލި އިރު، ޒިދާން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރެއާލް ގެންގޮސްދީފައެވެ. 2019 ވަނަ އަހަރު އަލުންއެނބުރި ރެއާލްގެ ކޯޗުކަމާއި ހަވާލުވި ޒިދާން ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ވެސް ރެއާލް އަށް ކާމިޔާބު ކޮށްދީފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލަން ބޭނުންވަނީ ރެއާލްގެ ނާކާމިޔާބީ އާއި ގުޅިގެން އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވުމަށެވެ. އެގޮތުން މިހާރު ދަނީ ޒިދާން ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމުގެ މަޝްވަރާތައް ކުރަމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

2020 ވަނަ އަހަރު އެލެގްރީ މަގާމުން ވަކިކުރުމަށް ފަހު ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވި އަންދްރޭ ޕިރްލޯއާއެކު ޔުވެންޓަސްއިން ބޮޑު ނާކާމިޔާބީއާއި އެކު މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލާފައިވާއިރު، ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމުން ޕިރްލޯވެސް ވަކިކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ޕިރްލޯ މަގާމުން ވަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޯޗެއްގެ މަޤާމްގައި 18-2016 އަށް ރެއާލް ގައި ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރެއާލްއަށް ގިނަ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ޒިދާން ކޯޗުގެ މަޤާމުން އިސްތިއުފާ ދީފައިވަނީ މިއަދުކަމަށް ރިޕޯޓުތައް ބުނެއެވެ.

2016 ވަނަ އަހަރު ރެއާލްގެ ބީ ޓީމަށް ކޯޗުކޮށްދުމުންދިޔަ ޒިދާން ރެއާލްގެ ކޯޗު ކަމާ ކުރިން ހަވާލުވީ ޖެނުއަރީ 2016 ގައި އޭރު ހުރި ކޯޗު ރަފަ ބެނިތޭޒް މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ޒިދާންގެ ފުރަތަމަ ސީޒަންގައި ރެއާލްއަށް ލީގު ނުލިބުނު ނަމަވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޖެހިގެން އައި އަހަރު ޒިދާން ވަނީ ރެއާލްއަށް ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާވެސް ހޯދާދީފައެވެ. އަދި ނިމިގެންދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ހޯދައިދީ ޒިދާން ވަނީ ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗުންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

ޒިދާން މަޤާމުން އިސްތިއުފާދިންއިރު، އޭނާ ރެއާލް އާއި އެކު އެންމެ ފަހުން ސޮއިކުރި އެއްބަސްވުން ބުނާގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޒިދާން އިސްތިއުފާ ދިނުމާއެކު މިޤާމަށް ދެން ގެންނާނެ ކަމަށް ބެލޭވެ ކޯޗުންގެ ލިސްޓުގައި މިހާރު ތިބީ ރައުލް ގޮންޒަލޭޒް، އާއި ޖަރުމަންގެ ޖޯކިމް ލޯ އަދި އިންޓަމިލާންގެ މިފަހަރުގެ ސީޒަނުގައި އިނާލިއަން ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ