ޗެމްޕިއަންސް ލީގް ފައިނަލް މެޗަށް 16500 ސަޕޯޓަރުން ވައްދަނީ

މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް 16500 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިންގިރޭސި ދެ ކުލަބު ކަމަށްވާ ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގެ ސްޓޭޑިއޯ ޑޯ ޑްރަގާއޯ ސްޓޭޑިއަމްގައެވެ.

އިޝްތިހާރު Below Header ad

މި ސްޓޭޑިއަމް އަކީ އެއްފަހަރާ 50،000 މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ވޮތައް ހަދާފައިވާ ސްޓޭޑިއަމްއެކެވެ. އެގޮތުން 16500 މީހުންނަކީ މި ސްޓޭޑިއަމްއަށް ވަދެވޭ 50،000 މީހުންގެ 33 އިން ސައްތަ އެވެ.

މި މެޗަށް 16500 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޕޯޗުގަލް އޮތޯރީޓީ ތަކުން ހުއްދަ ދީފައިވާއިރު ފައިނަލްގައި ކުޅޭ ދެ ޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ސަޕޯޓަރުން ގެނައުމަށް 6000 ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޓިކެޓް ތަކަށް މެޗު ބަލަން ޕޯޗުގަލް އަށް އާދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯސް ހަމަކޮށްފައި ވުމުގެ އިތުރުން ކޮވިޑް ޓެސްޓު ހަދާ ނެގަޓިވް ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ރިޕޯޓު ބުނާގޮތުން ކޮވިޑް އާއި ގުޅިގެން ޕޯޗުގަލް އަށް ފައިނަލް މެޗު ބެލުމަށް އަންނަ ސަޕޯޓަރުންނާއި މެދު އަމަލު ކުރަން ވަކި ހާއްސަ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން ދެ ޓީމުގެ ސަޕޯޓަރުން ޕޯޗުގަލް އަށް އައުމާއި އެކު އެފަރާތްތައް އެއާޕޯޓަށް ބަލައިގޮސް ގެނައުމާއި މެޗު ނިމުމުން އަނބުރާ އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައްވެސް ހަމަ ޖައްސާނީ އެކަމަށް ކަނޑައެޅިފައިވާ ވަކި ހާއްސަ ޓީމަކުންނެވެ. އަދި ސަޕޯޓަރުން ޕޯޗުގަލް އަށް އައުމަށް ފަހު 24 ގަޑިއިރު ވަންދެން “ބަބްލް” އެއްގެ ތެރޭގައި ތިބެންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ފައިނަލް މެޗަށް އާންމުންނަށް ވިއްކަން ޖަމަޖެހިފައިވާ 1700 ތިކެޓް މިއަދު ހެނދުނުން ފެށިގެން ޔޫއެފާއިން ވިއްކަމުން އަންނަ ކަމަށްވެސް ރިޕޯޓުގައި ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.