ގޭގައި ތިއްބަވާ، މިއީ އެސްޓީއޯ އީސްޓޯރުން ވިޔަފާރިކުރަންވީ ވަގުތު

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ބޮޑުވެފައިވާ މި ދަނޑިވަޅަކީ ފިހާރަތަކަށް ގޮސް، ވިޔަފަރި ކުރުމަށް ރައްކާތެރި ވަގުތެއް ނޫނެވެ.

އެހެންކަމުން އެންމެ ރައްކާތެރިގޮތަކަށް ވާނީ ގޭގައި ތިބެގެން ބޭނުންވާ ސާމާނު ގެއަށް ގެނައުމެވެ. އެ ފުރުސަތު އެސްޓީއޯ އިން މިވަނީ އަނެއްކާ ވެސް ހުޅުވާލާ، އެކަމަށް އިލްތިމާސް ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އެސްޓީއޯ އިން ބުނީ ބޭރަށް ދިޔުން މަދުކޮށް ގޭގަ ތިބެގެން ވިޔަފާރި ކުރުމަށް އީސްޓޯރް ޚިޔާރުކުރުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ. އަދި އީސްޓޯރް މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ބޯޓަށް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް އީސްޓޯރު މެދުވެރިކޮށް ލިބޭނެކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

2020 ވަނަ އަހަރު މުޅި ރާއްޖެ ލޮކްޑައުނަކަށް ދިޔަ ދުވަސްކޮޅުވެސް އީސްޓޯރް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ ގޮތް އެކުންފުނިން ވަނީ ފަހި ކޮށްދީފަ އެވެ.

މީގެ އިތުރުން އެސްޓީއޯގެ ބޭސްފިހާރަތަކުން އޮންލައިންކޮށް ބޭސްނެގޭނެ އިންތިޒާމްވެސް ވަނީ އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.