ޔޫރޯ 2020 ޓީމް ޕްރޮފައިލް: ޖަރުމަން

ޖަރުމަން އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވަނީ 1972 ވަނަ އަހަރުގައެވެ. އެއަހަރުގެ މުބާރާތް ބޭއްވުނީ ބެލްޖިއަމްގައެވެ. އެފަހަރު އެ މުބާރާތުގެ ތަށި ހޯދާފައިވަނީ ޖަރުމަނުންނެވެ. އޭގެ ފަހުން 1980 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތާއި އަދި 1996 ވަނަ އަހަރު އިނގެރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގެ ތަށިވެސް ޖަރުމަނުން ވަނީ ހޯދާފައެވެ. ނަމަވެސް އޭގެ ފަހުން މި މުބާރާތުގެ ތަށި ހޯދިފައެއް ނުވެއެވެ. ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ގިނައިން ކުޅުނު ޓީމުގެ ރެކޯޑް އޮތީ ޖަރުމަންއަތުގައެވެ. އެގައުމުން މިހާތަނަށް ޔޫރޯގެ 11 މުބާރާތެއްގައި ވާދަކޮށްފައިވެއެވެ. މިފަހަރުގެ މުބާރާތުގައި ޖަރުމަން މިމެނެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި އެއް ގުރޫޕެއްގައެވެ.

ކޮލިފައިވީ ގޮތް

މި ފަހަރުގެ ޔޫރޯ އަށް ޖަރުމަން ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ގުރޫޕް ސީގެ އެއްވަނަ ޖަރުމަނުން ހޯދީ 21 ޕޮއިންޓާ އެކު އެވެ. ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެފައިވެއެވެ. އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރި ނެދަލެންޑް އަށް ލިބުނީ 19 ޕޮއިންޓެވެ. ޖަރުމަނުން ކޮލިފައިންގައި ކުޅުނު 8 މެޗުގައި 30 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް 23 ލަނޑު ވަދެފައިވެއެވެ.

އިޝްތިހާރު Below Header ad

ކޯޗު

51298626 303

ޖަރުމަން ކޯޗު ޔަކިމް ލޯވް އެ މަގާމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުރީ ޖަރުމަން ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. ޖަރުމަނުން 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ލޯވްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ލޯވްގެ އިރުޝާދުގެ ދަށުން ޖަރުމަން ކުރިމަތިލާ ހަތަރު ވަނަ ޔޫރޯ މުބާރާތެވެ. 2017 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ވާދަކޮޮށް، ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރީ ވެސް ލޯވްގެ އިރުޝާދުގެ ދަށުންނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޖަރުމަންގެ ގިނަ ކްލަބުތަކަކަށް ކުޅުނު ލޯވް ކޯޗިން ކެރިއަރު ފެށީ 1995 ވަނަ އަހަރެވެ. ޖަރުމަންގެ ގައުމީ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ޖަރުމަނާއި ތުރުކީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

މުހިންމު ކުޅުންތެރިން

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކުރިމަތިލާއިރު، ޖަރުމަންގައި އޮތީ ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އެކުލެވޭ ވަރުގަދަ ސްކޮޑެެކެވެ. އޭގެތެރެއިން މަދު ކުޅުންތެރިއެއް ފިޔަވާ ދެން ގިނައީ މުޅީންވެސް 26 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

WernerPA e1578586872599

ޓިމޯ ވާނާ: މިފަހަރުގެ މުބާރާތުގައި ޖަރުމަން ޓީމުގެ އުންމީދު ތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ކުޅުން ތެރިއަކީ ޗެލްސީގެ ފޯވާޑް ޓިމޯ ވާނާއެވެ. 2020 ވަނަ އަހަރު ޖަރުމަންގެ ސީނިއާ ގައުމީޓީމަށް ކުޅެން ފެށި ވާނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 48 މެޗުގައި 34 ގޯލް ޖަހައިދީފައެވެ ވާނާ ވަނީ ކޮލިފައިންގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

Spain v Germany UEFA Nations league cae0719310c0d8e83e73da7654ece4e6

ޓޯނީ ކްރޫސް: ޖަރުމަންގެ މިޑްފީލްޑްގެ “އިންޖީން”ގެ ގޮތުގައި މިހާރު ސިފަކުރެވެނީ ޓޯނީ ކްރޫސް އެވެ. މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، ޖަރުމަންގެ މިޑްފީލްޑްގައި އެންމެ މުހިންމު ކުޅުންތެރިއަކަށް ވާނީ ކްރޫސް އެވެ. ޖަރުމަންގެ ގައުމީ ޓީމަށް 2012 އިން ފެށިގެން ކުޅެމުން އަންނަ ކްރޫސްގެ ތަފާތު މި އަހަރުގެ ޔޫރޯއިން ވެސް ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ. އޭނާ ވަނީ ޔޫރޯއަށް ކޮލިފައި ވުމަށް ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗުގައި ކުޅެ ހަތަރު ލަނޑު ޖަހާފައެވެ.

1064457510.0

ތޯމަސް މުލާ: ޖަރުމަން ޓީމުގެ ވައިސް ކެޕްޓަން ތޯމަސް މުލާ އަކީ ޖަރުމަންގެ އެންމެ މުހިންމު އަދި އެންމެ ތަޖުރިބާކާރު އެއް ފޯވަޑެވެ. ގައުމީ ޓީމަށް 2010 އިން ފެށިގެން ކުޅެމުންދާ މުލާ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހައިފަ އެެވެ. ޖަރުމަނުން 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ އޭނާ ޖެހި ފަސް ލަނޑާ އެކު އެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރުވެސް މުލާ ހުރީ ރަނގަޅު ފޯމެއްގައެވެ.

NINTCHDBPICT000529574457 1 e1570698140719

ސާޖް ގިނަބްރީ: ވިންގަކަށް ކުޅޭ އުރުން 25 އަހަރުގެ ގިނަބްރީ އަކީ ޖަރުމަން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ގިނަބްރީ އަންނަނީ ކުލަބް ލެވެލްގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއާއި އެކު މިފަހަރުގެ ޖަރުމްނަ ލީގު ނެގުމުގައި އޭނާގެ ހިއްސާ ބޮޑެވެ. 2016 ވަނަ އަހަރު ޖަރުމަންގެ ސީނިއާ ގައުމީޓީމުން ޖާގަ ހޯދި ގިނަބްރީ ވަނީ މިހާތަނަށް ޖަރުމަން ގައުމީޓީމަށް ކުޅެދިން 20 މެޗުގައި 15 ގޯލު ޖަހާފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައި ވުމަށް ކުޅުނު މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ކޮލިފައިންގައި ކުޅުނު ހަތް މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފައެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް އެފްގެ ފޭވަރިޓު ޓީމު ތަކުގެ ތެރޭގައި ޖަރުމަން ހިމެނެއެވެ. މިއީ ނިސްބަތުން ޖަރުމަނަށް ވަރަށް އުނދަގޫ ގުރޫޕެކޭ ވެސް ބުނެވިދާނެ އެވެ. މި ގުރޫޕްގައި އޮތް ޓީމުތަކުގެ ތެރެއިން ކުޅުންތެރިންގެ ގޮތުން ބަލިކަށި ޓީމަކަށް އޮތީ ހަމައެކަނި ހަންގޭރީއެވެ. ދެން އޮތް ދެ ޓީމުން ވެސް ފެންނަނީ ވަރުގަދަ ކުޅުންތެރިންނެވެ. ޖަރުމަނަށް ދޫނުކުރާނެ ފްރާންސް އަދި ޕޯޗުގަލް ވެސް ހިމެނެނީ މި ގުރޫޕްގައެވެ. ދުނިޔޭގެ ޗެމްޕިއަން އާއި ޔޫރަޕްގެ ޗެމްޕިއަން ހިމެނޭ މި ގުރޫޕުން ޖަރުމަން ސަލާމަތްނުވެއްޖެ ނަމަ، އެއީ މުޅި މުބާރާތުގެ އެންމެ ބޮޑު “ސަޕްރައިޒް” އަށް ވެސް ވެގެންދާނެ އެވެ.

ޖަރުމަން ހިމެނޭ ގްރޫޕް “އެފް” ގައި ހިމެނޭ ޓީމުތައް

ޖަރުމަން، ފްރާންސް، ޕޯޗުގަލް، ހަންގޭރީ

ގުރޫޕް ސްޓޭޖުގައި ޖަރުމަން ކުޅޭ މެޗުތައް

16 ޖޫން – ޖަރުމަން – ފްރާންސް

19 ޖޫން –  ޖަރުމަން – ޕޯޗުގަލް

24 ޖޫން – ޖަރުމަން – ހަންގޭރީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.