އދ. ގެ ޢާންމު މަޖިލީހުގެ ބަހުސްގައި މިނިސްޓަރ ޝާހިދު މިރޭ ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދ.ގެ އާއްމު މަޖިލީހުގައި މިރޭ ބާއްވާ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ފަލަސްޠީނުގެ މައްސަލައާއި، މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބާއްވާ ބަހުސެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މިރޭގެ ސެޝަން ރާއްޖޭ ގަޑިން މިރޭ 7 ޖަހާއިރު ފަށާނެ ކަމަށާއި މިނިސްޓަރ ވާހަކަފުޅުދައްކަވަނީ ގާތްގަނޑަކަށް 7:30 އާއި 08:00 އާއި ދެމެދުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމަނިކުފާނު މިވަގުތު ހުންނެވީ ނިއުޔޯކު ގައެެވ.

މިނިސްޓަރ ވަނީ ފަލަސްޠީނުގެ މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިތިބި ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.