މެމްބަރު ޢީސައަށް ފިޔަވަޅު އެޅުން ލަސްވާތީ ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރާ އެމްޑީޕީގެ މެންބަރު އަޙްމަދު ޢިސަ ފިޔަވަޅު އެޅުން ލަސްވާތީ ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ކުޑަ ދަރިފުޅަށާއި އަންހެނަކަށް އަނިޔާ ކުރުމުން ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އެ ޢަމަލާއި، އެ ޢަމަލު ރިޕޯޓު ކުރުމުންވެސް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

“ފަހަކަށް އައިސް އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކުގެ ތެރޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ އާއި ޙަވާލުވެވަޑައިގެން ތިއްބަވާ ނުވަތަ އެފަދަ ފަރާތްތަކާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭ. އަދި މައްސަލައިގެ ވަކި ހިސާބަކުން އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް އޭނާގެ ބަޔާން ބަދަލު ކުރުމަށް މަޖުބޫރު ކުރުވާ ތަންވެސް ދަނީ ފެންނަމުން. ނުވަތަ ސިޔާސީ ނުފޫޒުން އެ މައްސަލައެއް އޮބިގެން ދަނީ.” އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކަކީ އެކަންކަން ރިޕޯޓު ކުރެވުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމުގައި މިކޯލިޝަން ޤަބޫލު ކުރާށ ކަމަށާއި އެފަދަ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލާ ހިންގާ ޙަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، އެފަދަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީވެސް ހިތާމަ ކުރާ ކަމެެއް ކަަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ، އެމައްސަލައެއް ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ލަސް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމެއެއާއެކު އެފަދަ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ދޭން ޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.