
ބާންލީ އަތުން މޮޅުވެ ލިވަޕޫލް ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމާއި ގާތަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމާއި ގާތަށް ލިވަޕޫލުން ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ރޭ ބާނަލީ އާއި ދެކޮޅަށް ކުޅުނު މެޗު ލިވަލޫލް ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ރޮބާޓޯ ފިރިމީނޯއެވެ.
މެޗުގެ ދުރަތަމަ ހާފު ލިވަޕޫލުން ނިންމާލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 52 ވަނަ މިނެޓުގައި ޑިފެންޑަރ ފިލިޕްސްއެވެ. ލިވަޕޫލުގެ ތިން ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާުބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެމްބަލައިންއެވެ.
ރޭގެ މި މޮޅާއި އެކު ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން ހޯދި 66 ޕޮއިންޓާއެކު ލިވަޕޫލް ވަނީ ހަތަރު ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފަސްވަނައިގައި އޮތް ލެސްޓާ ސިޓީއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެހެންކަމުން ޗެމްޕިއަންސް ލީގަށް ޕްރިމިއާ ލީގުން ކޮލިފައިވާނެ ޓީމުތައް ކަށަވަރު ވާނީ ލީގުގައި ކުރިޔަށް އޮތް އެންމެ ފަހު މެޗުތަކަށް ފަހުއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ދެން ކޮންމެ ޓީމަކަށްވެސް އޮންނާނީ ބާކީ އެންމެ މެޗެކެވެ. އެގޮތުން ލިވަޕޫލް ލީގުގައި ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.



