ޣައްޒާ އާރާސްތުކުރުމަށް މިސްރުން 500 މިލިއަން ޑޮލަރު ދެނީ

ހައްދުފަނަޅާފައިވާ އިޒްރާއީލުގެ ޢުދުވާނީ ޙަމަލާތަކުން ސުންނާފަތުވެފައިވާ މިސްރުން 500 މިލިއަން ޑޮލަރު ޣައްޒާ އާރާސްތުކުރުމަށް ދޭން ނިންމައިފި އެވެ.

މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލްސީސީ މިގޮތަށް ހާމަކުރައްވާފައިވަނީ ފްރާންސްގެ ރައީސް އެމަނުލް މެކްރޮންއާއި އުރުދުންގެ ރަސްގެފާނު ކިންގް އަބުދުﷲއާއި ބައްދަލު ކުރެއްވުމަށް ފަހުއެވެ.

އިޝްތިހާރު Below Header ad

ޣައްޒާ ސްޓްރިޕްޓް އަލުން އާރާސްތު ކުރުމުގެ މަސައްކަތުގައި މިސްރުގެ ބޮޑެތި ކުންފުނިތަކުންވެސް ބައިވެރި ވާނެކަން ހާމަކޮށްފައިވާ ކަމަށް ރައީސް ސީސީ ވަނީ ވިދާޅުވެފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހަޔަކުން ފެށިގެން އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހައިތަނަށް ފަލަސްތީނުގެ200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީޑުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމުދު ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްގައުމަކީވެސް މިސްރެވެ.

އަރަބި ގައުމުތަކުގެ ތެރެއިން މިސްރަކީ އެންމެ ފުރަތަމަ އިސްރާއީލާއެކީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ގައުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.