ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު ހަ ކްލާސް ރޫމް އަޅަން އެސްޖޭ އާ ޙަވާލުކޮށްފި
ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު ހަ ކްލާސް ރޫމް އަޅަން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ރިޔާޒް އެވެ. އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހިމް އެވެ.
ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގެ މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢަށް 6,932,123.57 (ހަމިލިއަން ނުވަސަތޭކަ ތިރީސް ދެހާސް އެއް ސަތޭކަ ތޭވީސް ރުފިޔާ ފަންސާސް ހަތްލާރި) ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެހެންކަމުން އުއްމީދުކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށެވެ.
ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ (ތ.ތިމަރަފުށި) 06 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން. 1/2 pic.twitter.com/RjxQ6tTmnK
— Ministry of Education (@MoEdumv) May 18, 2021