ޚަބަރު ފީތާ

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޤުރްއާން މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމު ދީފި

އޭދަފުށީގައި ބޭއްވި ޤުރްއާން މުބާރާތެއްގެ ތެރެއިން - ފައިލް ފޮޓޯ: އީޓީ

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށް ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މި އަހަރުގެ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ މުހައްމަދު ނާއިޝް އެވެ. އަދި ބަލައިގެން ކިޔެވުމުން އެއްވަނަ ޝަމާއިލް މުހައްމަދު ނަޞީރު އެވެ.

119 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަ ޢަބްދުﷲ ނާއިފް ނަޒީހު ހޯދިއިރު، އެ ބައިން ތިންވަނަ ހޯދީ މަރިޔަމް ނައުޝީން ޝަމީމު އެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ފާތިމަތު ޔުމްނާ އާތިފް، ތިންވަނަ އައިޝަތު ޝައިމާ ވަނީ ހޯދާފައެވެ.

މީގެ އިތުރުން އެކި ޢުމުރު ފުރާތަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ ޓްރޮފީ އާއި ސެޓްފިކެޓް ވަނީ ޙަވާލުކޮށްފައެވެ.

Rate this post