ޚަބަރު ފީތާ

ކޮވިޑްގައި މިއަދުގެ ހަތަރުވަނަ މަރު، އަދަދު 102 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިއީ މިއަދުގެ ހަތަރުވަނަ މަރެވެ.

އެޗްޕީއޭ އިން މައުލޫމާތު ދެމުން ބުނީ ފަރުވާ ދެނިކޮށް ނިޔާވެފައިވަނީ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ނިޔާވީ މިރޭ 10 ޖެހިއިރު ކަމަށެވެ.  މި މަރާއި އެކު ރާއްޖެއިން ކޮވިޑް ގައި މަރުވި މީހުންގެ އަދަދު ވަނީ 102 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރޭ މިންވަރު ބިރުގަންނަ ދަރަޖައަށް އިތުރުވެފައިވާއިރު، މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސީޔޫގައި 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ވެންޓިލޭޓަރުގައި 10 މީހުންނަށް ފަރުވާދެމުން ދެއެވެ.

Like
Like Love Haha Wow Sad Angry