ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި އީރާނުގެ ތާއީދު އޮންނަ ތިން މީހެއްގެ މައްޗަށް އެމެރިކާއިން ދަޢުވާ އުފުލައިފި

އިނގިރޭސިވިލާތުގެ ފެއަރފޯޑް އެއަރ ބޭސްއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި އީރާނުގެ ތާއީދު އޮންނަ ތިން މީހެއްގެ މައްޗަށް އެމެރިކާއިން ދަޢުވާ އުފުލައިފި އެވެ.

މީގެ ތެރޭގައި މިހާރުވެސް ޖަލުގައި ހުރި މީހަކު ހިމެނޭއިރު މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދަޢުވާތަކެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރާ އިނގިރޭސިވިލާތުގެ މި ވައިގެ ބޭހަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތު މި މީހުންގެ މައްޗަށް ކުރެވެ އެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ހާމަކުރި ގޮތުގައި އީރާނުގެ މަދަދުލިބޭ މި ތިން މީހުންނަކީ އެމެރިކާއާއި ޔޫރަޕްގެ އެކި ސަރަޙައްދުތަކަށް ދީފައިވާ އަދި ދޭން އުޅުނު 20 އެއްހާ ހަމަލާއެއްގައި ބައިވެރިވެފައިވާ ބައެކެވެ.

މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ފެއަރފޯޑް އެއަރ ބޭސްއަށް އަމާޒުކޮށް ރޭވި ހަމަލާވެސް ހިމެނެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ތިން މީހުން މަސައްކަތް ކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަދި އިރާގުގެ ކަތާއިބް ހިޒްބުالله އަށް ތާއީދު ހޯދައިދިނުމަށެވެ.

މި މީހުންނަކީ މުޙައްމަދު ބާޤިރު ސަޢުދު ދާއޫދު އަލް-ސާޢިދީ އާއި، މުޙްސިން މުހާޖިރީ އަދި މުޙައްމަދު ޢަލީ އަލް-ޙަސަނީ ކަމަށް ދެނެގަނެވިފައިވާއިރު އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމާ ގުޅުންހުރި ކުށްތަކުގެ ދަޢުވާ އެވެ.

އަލް-ސާޢިދީ މިހާރުވެސް ހުރީ ނިއުޔޯކްގެ ޖަލެއްގައެވެ. ނަމަވެސް މުހާޖިރީ އާއި އަލް-ޙަސަނީ ތިބި ތަނެއް ޕްރޮސިކިއުޓަރުން ހާމައެއް ނުކުރެ އެވެ.

މި ދަޢުވާތައް ބިނާވެފައިވަނީ އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ އާރް.އޭ.އެފް ފެއަރފޯޑް ބޭސްއަށް އަމާޒުކޮށް ރޭވި ކަންތައްތަކެއްގެ މައްޗަށެވެ.

މި ބޭހަކީ އެމެރިކާގެ ސިފައިންނާއި ބޮން އަޅާ ބޯޓުތައް ގާއިމުވެފައިވާ، އަދި އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ބޭނުންކުރާ މުހިންމު މަރުކަޒެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފެއަރފޯޑް ސަރަޙައްދުގައި ހުރި ދަނޑުވެރިއަކަށް ހުދު ކުލައިގެ ވޭންތަކެއްގައި ތިބި ބަޔަކު ޝައްކުކުރެވޭ ކަންތައްތަކެއް ކުރަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރިއެވެ.

މި މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކުރި ނަމަވެސް ފަހުން އެ އެންމެންވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ނަމަވެސް އީރާނުގެ އިންޓެލިޖެންސް ސަރވިސްއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކޮށް ނޭޝަނަލް ސެކިއުރިޓީ އެކްޓްގެ ދަށުން ވަނީ ދަޢުވާ އުފުލާފަ އެވެ.

އީރާނުން ވަނީ މި ހާދިސާގައި އެއްވެސް ބައިވެރިވުމެއް އޮތްކަމަށް ބުނާ ވާހަކަތައް ވަރަށް ބޮޑަށް ދޮގުކޮށްފަ އެވެ.

މި ހާދިސާއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން ވަނީ ފެއަރފޯޑްގައި ތިބި ހުރިހާ ބީ-1 ބޮން އަޅާ ބޯޓުތައް އެތަނުން ގެންގޮސްފަ އެވެ.

އެމެރިކާގެ ދަޢުވާ ކަރުދާހުގައިވާ ގޮތުން އުމުރުން 35 އަހަރުގެ އިރާގު ރައްޔިތެއް ކަމަށްވާ އަލް-ޙަސަނީ ތެޔޮ ފީފާތައް އަރުވާފައި ހުރި ވޭންތަކެއްގައި ބަޔަކު އެ ބޭހަށް ފޮނުވިއެވެ. އަދި ވޭންތަކަކީ ތެޔޮ އުފުލާ އުޅަނދުތަކެއްގެ ގޮތުގައި ދެއްކުމަށާއި ބޮން ގޮއްވާލާއިރު ބޭނުންކުރާނެ ސާމާނު ގަތުމަށް އޭނާ ފައިސާ ދީފައިވާ ކަމަށްވެސް ޕްރޮސިކިއުޓަރުން ބުނެ އެވެ.

މީގެ އިތުރުން އީރާނާއި އިރާގުގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އަލް-ސާޢިދީ އުމުރުން 48 އަހަރުގެ އީރާނު މީހެއް ކަމަށްވާ މުހާޖިރީ އާއި އަލް-ޙަސަނީއާ ދެމެދު ސިއްރު ކޯޑު މެސެޖުތައް ބަދަލުކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރުން ބުނެއެވެ.

މި މެސެޖުތައް ބަދަލުކޮށްފައިވަނީ އިރާގުގައި ތިބި އޭނާގެ މަންމައާއި ދައްތައަށް ފޯނުން ގުޅައިގެން ވާހަކަދެއްކިއިރު ސިއްރު ބަސްތަކެއް ބޭނުންކޮށްގެންނެވެ.

މެންހަޓަންގެ ޔޫ.އެސް އެޓަރނީ ޖޭމީ މެކްޑޮނަލްޑް ވިދާޅުވި ގޮތުގައި، މި ދަޢުވާލިބޭ މީހުންނަކީ އީރާނާ ގުޅުންހުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ނަމުގައި، ޔޫރަޕާއި އެމެރިކާގެ ޔަހޫދީ މުޖުތަމައުތަކަށާއި، އެމެރިކާ ސިފައިން ތިބި އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއަރފޯޑް ބޭހަށް އަމާޒުކޮށް ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރި ބައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.