އެސް-އޯ މޯލްޑިވްސްގެ “ޢީދު ހަދިޔާ” ޝޯ ކާމިޔާބުކަމާއެކު ނިންމާލައިފި

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މުޅިން އާ ގޮތަކަށް ޢީދު ޝޯއެއް ބާއްވައިފި އެވެ.

ކޮވިޑުގެ ޙާލަތާއިގުޅިގެން ވަރޗުއަލްކޮށް ބޭއްވި މި ޝޯވ އަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ބޭއްވި ފުރަތަމަ ޢީދު ޝޯއެވެ.

އިޝްތިހާރު Below Header ad

މި ޝޯ ގައި ބައިވެރިވުމަށް 39 ކުދިން ނަން ނޯޓުކޮށްފައިވާ އިރު، މި ޝޯ ހުށަހަޅައިދީފައިވަނީ މިފަދަ ޝޯތައް ހުށަހަޅައިދިނުމުގައި ދެވަނައެއްނެތް ގިނަ ޝޯތަކެއް ކާމިޔާބު ކަމާއެކު ހުށަހަޅައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އިބްރާހީމް ރަމީޒް އެވެ. އިއްބެ އަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑވްސްގެ ޓެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އެވެ.

މި ޝޯ އާބެހޭގޮތުން އިއްބެ ވިދާޅުވީ ވަރަށް ގިނަ ބެލެނިވެރިން ގެ އުފާވެރިކަމުގެ މެސްޖުތައް ލިބިފައިވާ ކަމަށާއި މިކަން ކޮންމެވެސް ސިފައެއްގައި ކުރިއަށް ގެންދިއުމަށް ގިނަ ބެލެނިވެރިން އެދިލެއްވި ކަމަށެވެ.

viber image 2021 05 18 13 32 53

“އަޅުގަނޑުމެން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން އަބަދުވެސް އެންމެ ބޮޑު އަހަމިއްޔަތެއް ދެނީ ކުދިންގެ ޞިއްޙަތަށް. އެހެންވެ މި ދުވަސް ކޮޅު ކުދިން ބޭރަށް ނެރިގެން ކުޅިވަރު ކުޅުން އެއީ ކުދިންނަށް އެންމެ ރައްކާތެރި ގޮތަކަށް ނުވޭ. ނަމަވެސް ކިރިޔާ ވެސް ފުރުޞަތެއް ލިބިއްޖެއްޔާ، (މި ދެންނެވީ ކޮވިޑުގެ ޙާލަތުން އަރައިގަނެވިއްޖެއްޔާ) ކުދިން ކުޅިވަރުގެ މައިދާނުގައި ވަރަށް ގިނަ ކަންތައްތަކެއް، ކުޅިވަރު ތަކެއް ކުޅޭނެ.” އިއްބެ ވިދާޅުވި އެވެ.

އިބްރާހީމް ރަމީޒް އިތުރަށް ވިދާޅުވީ އެފްއޭއެމް، ބެޑްމިންޓަން، ސްވިމިންގ އަދި އެތުލެޓިކްސް ވެސް އޮތީ ހަމަ ކިރިޔާ ފުރުޞަތެއް ލިބޭ އިރަށް މިކުދިންގެ ޕްރެކްޓިސްތައް ފެށޭވަރަށް ތައްޔާރަށް ކަމަށެވެ.

som01

މި ޝޯ ގައި ބައިވެރިވުމަށް ނަން ނޯޓުކޮށް އެހެނަސް އެކި ސަބަބުތަކާ ހުރެ ޝޯގައި ބައިވެރި ނުވެވުނު ކުދިންނަށްވެސް އިނާމު ލިބޭނެ ގޮތް ހަމަޖެހިފައިވެއެވެ. އެގޮތުން “ޢީދު ހަދިޔާ ޝޯ” ގައި މާލެއިން 30 ކުދިން، ހުޅުމާލެއިން 8 ކުދިން، ވިލިމާލެ އިން 1 ކުއްޖަކަށް، ޖުމްލަ 39 ކުދިންނަށް އެކުދިންގެ އިނާމުތައް މިހާރުވަނީ ޙަވާލުކޮށްފައި ކަމަށް ވެސް އިއްބެ ވިދާޅުވި އެވެ.

މިޝޯގެ މެއިން ސްޕޮންސަރ އަކަށް ލޮޓަސް ކެއަރ ހަމަޖެއްސި އިރު، ކޯ ސްޕޮންސަރ އަކީ އިންމާ މޯލްޑިވްސް އެވެ.

 

som02

އިނާމުތައް ޙަވާލު ކުރުމުގައި އެސް-އޯ މޯލްޑިވްސްގެ ޢާންމު މެންބަރު ޢަލީ ލިފާލު ޢާމިރު އަދި ވޮލެންޓިއަރ ޞަފްވާން ޝަމީމު އެހީތެރިކަން ވަރަށް ބޮޑަސް ލިބިފައިވާކަމަށާއި މީގެ އިތުރުން އެޑްމިނިސްޓްރޭޓަރ ޙައްވާ ޢަލްމާ ވަޙީދުގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވާ ކަމަށް އިއްބެ ވިދާޅުވި އެވެ. އަދި އަބަދުވެސް އެންމެ ގާތްކޮށް އިރުޝާދު ދެއްވަމުންއަންނަ އެސް-އޯ މޯލްޑިވްސްގެ ސެކްރްޓަރީ ޖެނެރަލް ފާޠިމަތު ފައިރޫޒާ އާދަމްގެ އިރުޝާދު ވަރަށް ބޮޑަށް ލިބިފައިވާތީ، އެ ހުރިހާ ފަރާތަކަށް އިއްބެވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަކިން ޚާއްޞަކޮށް ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ހިފެހެއްޓުމެއް ނެތް ޝުކުރު ވަނީ އަދާކުރައްވާފައެވެ.

Eid 2

މި ޝޯ ވަރަށް ކާމިޔާބު ކަމާއެކު ނިންމާލީ އަންނަ ބޮޑު ޢީދުގައިވެސް މިކަހަލަ އުފާވެރި ޝޯއަކުން ބައްދަލު ކުރުމުގެ އުފާވެރި ޚަބަރާއެކުގައެވެ.

som03

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގެ ނަފްސާނީ ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން އެކިއެކި ތަމްރީންތައް ދިނުމާއި އެހެން ފަރާތްތަކެކޭ އެއްހަމައިން ކުޅިވަރުގެ މައިދާނުގައިވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދައުރުވެސް ޝާމިލު ކުރުމަށް މަސައްކަތް ކުރާ ކޮމިޓީއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.