
މިއަހަރުގެ މިސް ޔުނިވަރސްއަކީ މެކްސިކޯގެ ރީތީގެ ރާނީ
މިއަހަރުގެ މިސް ޔުނިވަރސް ގެ މަގާމަށް މެކްސިކޯގެ ރީތީގެ ރާނީ އަންޑްރޭއާ މޭޒާ ހޮވިއްޖެ އެވެ.
މިސް ޔުނިވަރސް 2021 ފިނާލޭ ބާއްވާފައިވަނީ ފޮލްރިޑާގައި މިއަދު އެވެ.
މިސް ޔުނިވަރސްގެ ތާޖު އަންޑްރެއާގެ ބޮލުގައި އަޅުވައިދީފައިވަނީ ފައިބެއަހަރުގެ މިސް ޔުނިވަރސް ސައުތު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީ ޓުންޒީ އެވެ.
މިއިވެންޓުގައި، ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ކޮވިޑުގެ ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އަންޑްރޭއާ ބުނީ މި ނުރައްކާތެރި ކޮވިޑުގެ ބަލިމަޑުކަން ހުއްޓުމަށް އެންމެ ރަނގަޅު ހައްލެއް ނުނެރެވޭނެ ކަމަށެވެ.
“ ނަމަވެސް ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ކުރިން ފުރަބަންދު ކުރާންނަން. ކޮވިޑުގެ ހާލަތު ގޯސްވެ މީހުންގެ ފުރާނަ ވަނީ ވަކިވެގެން ގޮސްފަ. ރައްޔިތުންނަށް އަޅާލައި ދުރާލައި ކުރީ ބައިގައި ފިޔަވަޅުތައް އަޅާނަން.“ އަންޑްރޭއާ ބުންޏެވެ.
ޢުމުރުން 26 އަހަރުގެ އަންޑްރެއާ އާ އެންމެގާތުން ވާދަކުރި ބްރެޒިލްގެ ރީތީގެ ރާނީ ޖޫލިއާ ގަމާ އަށް ލިބުނީ ފަސްޓް ރަނަރަޕް އެވެ. ދެވަނައަށް ޖެނެކް މެސީޓާ އަދި ތިން ވަނައަށް ހޮވުނީ ޑޮމިނިކަން ރިޕަބްލިކްގެ ކިމްބަލީ ޕެރެޒް އެވެ. އަދި 4 ވަނައަށް ހޮވުނީ އިންޑިއާގެ އެޑްލީން ކަސްޓެލީނޯ އެވެ.
The moment we've all been waiting for…🚨
The 69th #MISSUNIVERSE Competition will air live around the world from Seminole Hard Rock Hotel & Casino on Sunday, May 16 at 8:00 PM ET. @hardrockholly
For more show information, visit https://t.co/25sAUG0jBb #GuitarHotel pic.twitter.com/V9mYGYujtN
— Miss Universe (@MissUniverse) March 3, 2021