މުޢިއްޒު މާލޭ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

މާލޭ ސިޓީ މޭޔަރުކަމުގެ ހުވާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވައިފިއެވެ.

ޑރ. މުޢިއްޒު ހުވާ ކުރެއްވީ މިއަދު ހެނދުނު 9:00 ގައި އެކަމަށް ޙާއްސަކޮށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޘް ހާތިފް ޙިލްމީއެވެ.

އިޝްތިހާރު Below Header ad

މާލޭ ސިޓީގެ މޭޔަރުގެ މަޤާމުގެ އިތުރުން މިއަހަރު ހޮވުނު ކައުންސިލަރުން ހުވާކުރުމާޢި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން އިޤްރާރު ވުމުގެ ރަސްމިއްޔާތުވެސް ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ.

ޑރ. މުޢިއްޒު މާލޭ ސިޓީ މޭޔަރުކަމުގެ އިންތިޙާބު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރުއާއި ވާދަ ކޮށް، ވޯޓުލީ މީހުންގެ 61 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ.

މޭލޭ ސިޓީ ކައުންސިލުން ޕީޕީއެމް 11 ގޮނޑިއެއް ކާމިޔާބު ކޮށް،ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް 5 ގޮނޑި ލިބިފައިވާއިރު، މިއީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ މެމްބަރަކަށް މޭޔަރުކަން ލިބުނު ފުރަތަމަ ފަހަރެވެ.

މޭޔަރާއި ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު މިއަހަރު ބާއްވާ ފުރަތަމަ ޖަލްސާ މިހާރު ފަށައިގެން ކުރިއަށް އެބަދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.