
ރާއްޖޭގައި މިއަދު ޕޮޒިޓިވް ވީ 741 މީހުން
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި ރާއްޖެއިން ޕޮޒިޓިވް ވާ ޢަދަދު މިއަދު ހުރީ 700 އިން މަތީގަ އެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 741 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުން 560 މީހުންނާއި އަތޮޅުތަކުން 156 މީހަކު އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 25 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ކޮވިޑު ބަލީގައި 3 މީހުން ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 97 އަށް އަރާފަ އެވެ.
✳️ COVID-19 : Case Updates
Out of the 741 cases being reported today, 515 cases are positive cases from samples collected between 6pm of 15th May and 6pm of 16th May. pic.twitter.com/1h1Mh86Zn7
— Health Protection Agency (@HPA_MV) May 16, 2021



