ކޮވިޑު ޖެހިގެން ރާއްޖެއިން 97 ވަނަ މީހާ ނިޔާވެއްޖެ

ކޮވިޑު ޖެހިގެން ރާއްޖެއިން 97 ވަނަ މީހާ ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 15:10 ގައި ނިޔާވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެއީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑުބަލީގައި މިއީ މިއަދު ނިޔާވި 3 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މިހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:38 އެހާކަންހާއިރު އެވެ.

މި ބަލީގައި ދެން މިއަދު ނިޔާވީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. މި ޒުވާނާ ނިޔާވީ ފަތިހު 04:30 އެހާކަންހާއިރުއެވެ. މި ޒުވާނާވެސް ނިޔާވީ މި ބައްޔަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި އަދަދުތަކާއި އެކު މި މަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު 24 އަރާފައިވާ އިރު، މިއަހަރުގެ މިހާތަނަށް 46 މީހަކު  މިބަލީގައި ވަނީ ރާއްޖެއިން ނިޔާވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.