ކޮވިޑު ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރުކޮށްފި
ކޮވިޑު ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކްތަކާއި ސްވިމިންގ ޓްރެކްތައް ބަންދުކުރަން ނިންމި މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ހިންގާފައިވާ ކާފިއު އެގޮތުގައި ދެމެހެއްޓުމަށާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިއިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، ކަރަންޓީނު މުއްދަތު 14 ދުވަހަށް ބަދަލުކޮށްފައި އޮތް އޮތުން ވެސް ވަނީ ދަމަހައްޓާފަ އެވެ.
އެޗްޕީއޭ އިން ބުނީ ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން ވެސް ހިމެނެ އެެވެ. (ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) * ކަރަންޓީނު މުއްދަތު ފަހުން ވަނީ 14 ދުވަހަށް ބަދަލުކޮށްފަ.
މިއާއެކު އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން ވެސް ވަނީ އެޗްޕީއޭ އިން ދަމަހައްޓާފަ އެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން
އެންގުން ނަންބަރު: 51/2021https://t.co/yJK6w6XuY7
— Health Protection Agency (@HPA_MV) May 15, 2021