އިޒްރޭލުން ޣައްޒާއަށް 40 މިނެޓުގެ ތެރޭގައި 450 މިސައިލް ފޮނުވާ: ރިޕޯޓު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް މިހާރު ދެމުންގެންދާ ޙަމަލާތަކުގައި 40 މިނެޓުގެ ތެރޭގައި 450 މިސައިލް ފޮނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އެ 40 މިނެޓުގެ ތެރޭގައި 150 ތަނަށް އަމާޒުކޮށް މިސައިލް ފޮނުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަޑްރައީ އާ ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މި ޙަމަލާތައް މިހާރަށް ވުރެ އިތުރުކޮށް، ވަރުގަދަ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އާ ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އިޒްރޭލުން ދެމުންގެންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ މިހައިތަނަށް 100 އިން މައްޗަށް އަރާފަ އެވެ. އަދި އޭގެތެރޭގައި 31 ކުޑަކުދިންނާއި 19 އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ޒަޚަމް ލިބެމުންދާ މީހުންގެ ޢަދަދު ހާހަކަށް އަރަން ގާތްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް އަންނަނީ ބުނަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.