ޒޯން 3ގެ ޗެމްޕިއަންކަން އޭދަފުށި ދިފާޢު ކޮށްފި

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށިން ދިފާޢު ކުރީ މިއަދު ހަވީރު ކުޅުނު މެޗު ޅ. އަތޮޅު ޗެމްޕިއަން ނައިފަރު 0-4 އިން ބަލިކޮށްގެންނެވެ.

ފައިބެއަހަރުގެވެސް ޗެމްޕިއަން މިއަހަރު ޒޯން 3ގައި ކުޅުނު ދެމެޗުންވެސް ފަސޭހަ ކަމާއެކު މޮޅުވި އިރު، އޭދަފުއްޓަށް ޗެމްޕިއަންކަން ލިބުނީ 6 ޕޮއިންޓާއި އެކުއެވެ. އޭދަފުށި ކުޅުނު ދެމެޗުގައި 8 ގޯލް ޖަހާފައިވާ އިރު، ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ.

އިޝްތިހާރު Below Header ad

މުބާރާތުގެ ދެވަނަ ރ. އިންނަމާދޫއަށް ލިބުނީ 1 މެޗުން މޮޅުވެގެންނެވެ. އަދި ކުޅުނު ދެމެޗުންވެސް ބަލިވި ނައިފަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ މެޗުގައި އޭދަފުށީ ޓީމުގެ ފުރަތަމަ ގޯލް މެޗުގެ 26 ވަނަ މިނިޓުގައި ޖެހީ އިޝާން އިބްރާހީމް (ސައްޓު) ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓެ) ތަނަވަސް ކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ގޯލް މެޗުގެ 38 ވަނަ މިނިޓުގައި މުޙައްމަދު ފާސިރު (ފާއްޓޭ) ޖަހައިދިން އިރު، އތިންވަނަ ގޯލް ދެވަނަ ހާފްގައި ޖެހީ އާދަމް ނިޒާމް (ކިތުނާ) އެވެ. އަދި ފަހު ގޯލް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ސައްޓުގެ ބޭބެ، ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ.

މިދިޔަ އަހަރު ބޭއްވި މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންކަންވެސް އެއްވެސް މެޗަކުން ބަލިނުވެ ހޯދީ އޭދަފުއްޓެވެ. އަދި އެ މުބާރާތުގެ ފައިނަލް ބުރުގައި އޭދަފުށީ ބަލިވީ ސެމީ ފައިނަލުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.