ދިރާގު ކަސްޓަމަރުންނަށް ފިތުރު ޢީދުގެ މުނާސަބާގައި ޚާއްސަ އޮފަރތަކެއް
ދިރާގު ކަސްޓަމަރުންނަށް ފިތުރު ޢީދުގެ މުނާސަބާގައި ޚާއްސަ އޮފަރތަކެއް ތަޢާރަފް ކޮށްފި އެވެ.
މިއީ މި އަހަރުގެ ފިޠުރު ޢީދުގައި ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ތަޢާރަފް ކުރި އޮފަރ ތަކެއް ކަަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ކޮވިޑް19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ގްރޭޓަރ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުވެސް ފިޠުރު ޢީދު ފާހަގަކުރަން ޖެހިފައި މިވަނީ ގޭގައި ތިބެގެން ކަމަށެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ޢީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލްކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ ޢީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައެވެ.
އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ޢީދު 20ޖީބީ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ޢީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ޢީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ.
މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ އަދި އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ މޭ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެއެވެ. ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް 13 މޭ 2021 އިން 15 މޭ 2021 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެއެވެ.
މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެގޮތުންނާއި ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފަރ އެކޭ އެއްފަދައިން ޢީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ޚަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.
ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މިދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށެވެ.
ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށެވެ.