ނަރުހުންގެ ދުވަސް: އާއިލާތަކާއި ދުރުގައި ތިބެގެން ތިޔަ ވަމުންދާ ގުރުބާނީގެ އަގު ވަޒަންކުރަން

މިއަދަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހެވެ. މިދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ނަރުހުންނަށް އަރިސް ކުރަމެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 12 ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ. ނަމަވެސް މިއަދު މި ދުވަސް ދިވެހި ނަރުހުން ފާހަގަ ކުރާނީ ތަފާތު ގޮތަކަށެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ސަލާމަތް ކުރުމުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބުރަބޮޑު މަސައްކަތްތަކެއް ކުރުމުގައެވެ.

އިޝްތިހާރު Below Header ad

ނަރުހުންނަކީ އަބަދުވެސް ހިނުތުންވުމާއެކު ތަކުލީފެއް ޝަކުވާއެއް ނެތި ހަމަހަމަ ކަމާއި އެކު އޯޤާތެރި ޚިދުމަތްތަކެއް ކުރަމުން އަންނަ ބައެކެވެ. އެއީ ކޮންމެ ފަންތިއެއްގެ ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް މެއެވެ. ލޮބުވެތި ނަރުހުން އަދާކުރަމުންގެންދީ ޤައުމީ ވާޖިބެކެވެ. ނަރުހުން ކުރަމުންގެންދާ މުހިންމު ބުރަބޮޑު އޯޤާތެރި މަސައްކަތްތަކަށް ޝުކުރު ޙައްޤެވެ.

ބައިނަލްއަޤުވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަ ކުރާތާ އެތަކެއް އަހަރުވެފައިވާ އިރު، ރާއްޖޭގައި މި ދުވަސް ނަރުހުން ފާހަގަކުރަނީ ވަރަށް ތަފާތު ކުލަގަދަކޮށެވެ. އެގޮތުން ހޮސްޕިޓަލްތައް ޒީނަތްތެރި ކުރުމާއި މާފަތި ދެމުމާއި މާމެލާމެލިން ތަން ޒީނަތްތެރި ކުރުމުގައެވެ. ނަމަވެސް މިއަދު އެ ޙާލަތު މިވަނީ އެއްކޮށް ބަދަލުވެފައެވެ. ނަރުހުން މަސައްކަތް ކުރަމުން އެދަނީ ހޮސްޕިޓަލް ޒީނަތްތެރި ކޮށް ހެދުމުގައެއް ނޫނެވެ.

ނަރުހުން މަސައްކަތް ކުރަމުން އެދަނީ ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވާ ދިވެހި މުޖްތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ މުހިންމު ބުރަ މަސައްކަތުގައެވެ. ރެއާއި ދުވާލު ހުއްޓުމެއްނެތި އަމިއްލަ ނަފުސައް ބެލުމެއް ނެތި ޤައުމީ ބޮޑު  ޚިދުމަތުގައެވެ. ޤައުމީ އަބުޠާލުންގެ ގޮތުގައި މިދިވެހި މުޖުތަމަޢަށް ތިޔަ ނަރުހުން ވަމުންދާ ޤުރުބާނީ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރަމެވެ.

ކޮވިޑް-19 ގެ ހަނގުރާމައާއި ކުރިމަތިލުމުގައި އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެ ބުރަކަމެއް ވަރުބަލިކަމެއް ނެތި ޝަކުވާއެއް ކުރުމެއް ނެތި މި މުޞީބާތާ ކުރިމަތިލަމުން ގެންދާ ނަރުހުންގެ ހިތްވަރަށް ހަމަ ސާބަސް ދަންނަވަމެވެ. ދަންނަ މީހުންނާއި ނުދަންނަ ބަޔަކަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް މިލިއަން ނަރުހުންނެއް މިއަދު އެދަނީ މި ހަނގުރާމައިގެ މައިދާނުގައި ވަރުބަލިކަމެއް ނެތި ނަފުސު ޤުރުބާން ކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ ވެސް ހާލަތަކީ މިއަދު މިއެވެ. ޢާއިލާއާއި ދުރުގައި ތިބެގެން އެ ވަމުންދަނީ ހާދަ ބޮޑު ޤުރުބާނީއެކެވެ. ފަރުވާއެއް ނެތް ނިމުމެއް ނެތް މި ބަލިން އަރައިގަތުމަށް ކުރަމުން މިދާ މަސައްކަތުގައި ރާއްޖޭގައި ތިބި ނަރުހުންގެ ތެރެއިން ބަޔަކު މިއަދު ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަދި އެދުމަކީ ވެސް ތިޔަ ބަޠަލުން ކުރަމުންދާ މަސައްކަތް ކާމިޔާބީއާއި ހަމަޔަށް ވާޞިލު ވުމެވެ. ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް އައްސަރިބަހާ ސާބަސް ރައްދު ކުރާ ޙާލު ޤައުމީ ސެލިއުޓެއް އަރުވަމެވެ.

ނަރުހުން ކުރަމުންދާ މަސައްކަތުގައި ތިއިން ކޮންމެ މީހަކަށްވެސް ހިއްސާވެ މިއަދު ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަހުގައި، ޤައުމީ އެ ބަޠަލުންނަށް ކޮށްދެވޭނެ ކަމެއް އެބައޮތެވެ. ބަސް އަހައިގެން ގޭގައި މަޑުކޮށްލާށެވެ. މި ބަލިމަޑުކަމުން އަރައިގަނެވެންދެން ގޭގައި މަޑުކޮށްގެން ތިބެ ނަރުހުން ވަމުންދާ ޤުރުބާނީގެ ހިއްސާއަކަށްވާށެވެ. އެއީ އަހަރުމެންނަށް އެފަރާތްތަކަށް ކޮށްދެވޭނޭ އަގުހުރި މަސައްކަތަކަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.