ރޭގަނޑު 9 ގެ ކުރިން ސިނަމާލެ ބްރިޖުން ކުރާ ދަތުރުތައް ނިންމުމަށް ފުލުހުން އިލްތިމާސް ކޮށްފި

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޮސްވަމުން އަންނާތީ، ރައްކާތެރިކަމުގެ އަޅާ ފިޔަވަޅެއްގެ ގޮތުން ސިނަމާލެ ބްރިޖު ރޭގަނޑު 9 ގެ ފަހުން ބަންދުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އވެ.

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 9 ގެ ފަހުން ސިނަމާލެ ބްރިޖް ބަންދުކުރާނެ ކަމަށެވެ. އަދި އޭގެ ކުރިން ދަތުރުތައް ނިންމުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ރޭގަނޑު 9 ން ފަތިހު 4:00 އަށް ކާފިއު ހިންގާ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާ ކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ޑެލިވަރީ ކުރުމުގެ ހުއްދަ ކެފޭ ރެސްޓޯރަންޓް ތަކަށް މެންދަމު 3:00 އާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި ފިހާރަތަކުން ޑެލިވަރީ ކުރުމުގެ ހުއްދައަށް ޕޯޓަލް މެދުވެރިކޮށް އެދުމުން ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީ ކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

“ގޭހާއި ފެން ޑެލިވަރީ ކުރުމުގެ ހުއްދަވެސް ހަމަޖެހިފައިވާ ވަކި ގަޑިތަކެއް ވަންދެން ލިބިގެންދާނެ. ޓެކްސީ ސެންޓަރުތަކަށްވެސް ވަކި އަދަދަކަށް ހުއްދަ ވާނީ ދީފަ.” ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޓެކްސީއަށް އަރާ މީހާއަކީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ލިބިގެން ޓެކްސީއަށް އަރާ މީހެއްތޯ ބަލައިދިނުމަކީ އެ ޓެކްސީއެއްގެ ޒިންމާއަކަށް ހަދައިދިނުމަށާއި ދަމުނަމާދަށް މިސްކިތަށްދާނަމަ ފައިމަގުގައި ދިއުމަށް ވެސް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.