ކޮވިޑް-19: އިތުރު މަރެއް، އަދަދު 84 އަށް
ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ ވަން އޮންލައިންގައި ބުނެފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނެވެ.
މި މަރާއި އެކު މިމަހުގެ މިހާތަނަށް ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަލީގައި އެ ދުވަހު ހަތް މީހަކު މަރުވިއެވެ.
މި މަރުގެ ތަފްސީލް އެޗްޕީއޭއިން އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ކޮވިޑުގައި މި މަހު 11 މީހަކު މަރުވެފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ދުވަހަށް ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. ކޮވިޑުގެ އަދަދުތައް އުޅެނީ ވަރަށް މަތީގައެވެ. އެންމެ ފަހުންވެސް590 މީހަކު ރާއްޖެއިން ކޮވިޑަށް ފައްސިވި ކަމަށް ރިޕޯޓުތައް ދައްކައެވެ.