ތަރުކާރީ އާއި މޭވާގެ ތޮށި މަށައިގެން ކާން ފެށުނުގޮތް ކުރު ގޮތަކަށް..

ތާރީޚަށް ބަލާއިރު، ފައިބެއަހަރުތަކުގައި މޭވާ އާއި ތަރުކާރީ ކައިއުޅުނީ އޭގެ ތޮށި މަށައިގެނެއް ނޫނެވެ. ތޮށި މެށުމުގެ އާދައެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން އައިސްފައިވަނީ މެވާ އާއި ތަރުކާރީ ދަނޑުތައް އެކި ކަހަލަ ފަނިފަކުސާ އާއި ސޫފިން ސަލާމަތް ކުރުމަށް ވިހަގަދަ ބޭސް ބޭނުންކުރަން ފެށި ހިސާބުންނެވެ. މިބަދަލާއެކު ޑީޑީޓީ ފަދަ ބައެއް ބޭސް ބޭނުންކުރުން މަނާކުރެވި، މޭވާ އާއި ތަރުކާރީ ހެއްދުމުގައި ޤުދުރަތީ އުކުޅުތައް ބޭނުންކުރުމަށް ހިތްވަރު ދެވެން ފެށިގެންދިޔައެވެ.

ދަނޑު ހައްދާ ގިނަ ފަރާތްތަކުން ދަނޑު ހެއްދުމުގައި ޤުދުރަތީ އުކުޅުތަކާއި ދިމާލަށް އެނބުރުނުނަމަވެސް އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނާއި ހަމައަށް މޭވާ އާއި ތަރުކާރީ ގެނެސްދޭ ބައެއް ކުންފުނިތަކުން ހަމައެކަނި ނަމަކަށް ޤުދުރަތީ އުކުޅު ބޭނުން ކުރަން ފެށުމެވެ. އަދި ބޭސް ޖަހައިގެން ހައްދާފައިވާ މޭވާ އާއި ތަރުކާރީ ޤުދުރަތީ އުކުޅުތަކުން ހައްދާފައިވާ ތަކެތީގެ ގޮތުގައި ވިއްކަމުން ގެންދިއުމެވެ.

އިޝްތިހާރު Below Header ad

fruits-and-vegetable-1

ބޮޑެތި ކުންފުނިތަކުން ހަދާ މި މަކަރުގެ ސަބަބުން އަޅުގަނޑުމެން ކިތަންމެ ބޭނުންވިނަމަވެސް މޭވާ އާއި ތަރުކާރީ ކާންވާ ގޮތުގައި ކާން ފަސްޖެހެން ފެށިއެވެ. އަދި އަމިއްލަ ދަނޑުތަކުގައި ނުވަތަ ގޭގައި ހައްދާ މޭވާ އާއި ތަރުކާރީއަށް ނޫނީ އިތުބާރު ނުކުރެވޭ ގޮތް ވަނީ ވެފައެވެ.

މިކަން މިހެން އޮތްނަމަވެސް ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނަ ގޮތަށް މިކަމަށްވެސް ޙައްލެއް އެބަ އޮތެވެ. ބާޒާރުން ގަންނަ މޭވާ އާއި ތަރުކާރީ ގެއަށް ގެންގޮސް ބައި ގަޑިއިރެއްހާއިރު، ލޮނު ފެނުގައި (ފެނަށް ކައްކާ ލޮނު ގިރުވާފައި) ބަހައްޓަވާށެވެ. އެއަށްފަހު ބޯފެނުން އެ މޭވާ އާއި ތަރުކާރީ ދޮވެލައިގެން ބޭނުންކުރައްވާށެވެ. މިގޮތަށް ލޮނުފެނުގައި ބައިގަޑިއިރެއްހާއިރު ބެހެއްޓުމުން މޭވާ އާއި ތަރުކާރީގެ ބޭރުގައި ހޭކިފައި ހުންނަ ހުރިހާ ވިހަ މާއްދާތަކުން އެ ތަރުކާރީ އާއި މޭވާ ސާފުވާނެއެވެ.

fruits-and-vegetable-2

މޭވާ އާއި ތަރުކާރީ، އޭގެ ފުރިހަމަ ގޮތުގައި ނުކެއުމަށް ދެއްކޭނެ އުޒުރެއް އަޅުގަނޑުމެންނަކަށް ނެތެވެ. ކައިފިއްޔާ ސިއްޙީ އެތައް ފައިދާއެއް ލިބިގެންދާނެއެވެ. ނުކައިފި ނަމަ ގަސްތުގައި އެ ކުރެވެނީ ވަރަށް ބޮޑު އިސްރާފެކެވެ.

ދެން އޮތީ ތިޔަބޭފުޅުންގެ މަސައްކަތެވެ. މި ލިޔުމުގެ ސަބަބުން މޭވާ އާއި ތަރުކާރީއަށް ތިޔަ ކުރައްވާ ހޭދަ އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ.

މަޢުލޫމާތުގެ މަސްދަރު: ނިއުޓްރިޝަންގެ އެކި ލިޔުންތައް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.