ރާއްޖެއިން މި ފެންނަނީ އާ ވޭރިއަންޓެއް، ފެންނަ ފެނުމަށް ނުރައްކާ ބޮޑު: ޑރ. މުޙައްމަދު ޢަލީ

ރާއްޖެއިން މި ފެންނަނީ އާ ވޭރިއަންޓެއް ކަމަށާއި ފެންނަ ފެނުމަށް ނުރައްކާ ބޮޑު ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެ އެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފެންނަ ފެނުމަށް މާ ނުރައްކާ ކަމަށެވެ. އަދި ފުއްޕާމެއަށް މާ ބޮޑަށް އަސަރު ކުރުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އަވަހަށް ފެތުރިގަންނަ ކަމަށް ވެސް ޑރ. މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފަ އެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވާ އިރު، މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ކޭސްތައް ފެންނަމުންދާ ޢަދަދު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އެގޮތުން ފާއިތުވި ހަފުތާއެއްގެ ތެރޭގައި 600 އިން މަތީގައި ކޭސްތަކުގެ ޢަދަދު ހުރި އިރު، މިދެތިން ދުވަހު ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ހުރީ 700 އިން މަތީގަ އެވެ.

ހަމައެއާއެކު ކޮވިޑު ބަލީގައި މިހައިތަނަށް ރާއްޖެއިން ވަނީ 69 ދިވެހިންނާއި 13 ބިދޭސީން ނިޔާވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.