ކޮވިޑު ޕޮޒިޓިވް ކޭސްތައް މިއަދު 766 އަށް އަރައިފި

ކޮވިޑު ޕޮޒިޓިވް ކޭސްތައް މިއަދު 766 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ޢާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ.

އިޝްތިހާރު full width ad 1200 x 150

އެގޮތުން މާލޭ ސަރަޙައްދުން 571 މީހުން ޕޮޒިޓިވް ވެފައިވާ އިރު، އަތޮޅުތަކުގެ ރަށްރަށުން 171 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން 23 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މި ޢަދަދާއެކު ރާއްޖެއިން 34،134 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނަ އިރު، ފާއިތުވި 5 ވަރަކަށް ދުވަހުގެ ޢަދަދުތައް އުޅެނީ600 އިން މަތީގަ އެވެ. އަދި މާލޭ ސަރަޙައްދާއި އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް އަންނަނީ މިބަލި އިތުރަށް ފެތުރެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 107 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 25،782 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 8،261 މީހުން ފަރުވާ ހޯދަމުންދާއިރު 205 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،153 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 7 ލައްކައަށްވުރެ ގިނަ ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 82 މީހުންވަނީ ނިޔާވެފައެވެ. އެއީ 69 ދިވެހިންނާއި 13 ބިދޭސީންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.