ހަމަލާދިން މީހުންނާ ދިމާލަށް ޔުނިފޯމު އެޅި ސިފައިން އެބަދޭ: މާރިޔާ

ރައީސް ނަޝީދަށް ހަމަލާ ދިން މީހުންނާ ދިމާލަށް ޔުނީފޯމް އެޅި މީހުން ދާނެކަމަށް ދިފާޢީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށެވެ.

އިޝްތިހާރު Below Header ad

“އެއީ މިރާއްޖޭގައި ހިނގައިގެން ވާނެކަމެއްނޫން. އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުނާގޮތަށް އަމަލުކުރުމަކީ އެއްވެސް ރައްޔިތަކު ތަންދޭނެ ކަމެއްވެސް ނޫން.” މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެއީ ބިރުވެރި ހާދިސާއެއް ކަމަށާއި ރައްޔިތުންގެ ލޯތްބާއި ގާތުން މަސައްކަތްކުރައްވާ ބޭފުޅަކަށް މިކަން ވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށެވެ.

މިއީ އެންމެން އެކީގައި އެ ހަމަލާ ކުށްވެރިކޮށް، އެ ހަމަލާ ދިން އެންމެން ހައްޔަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް ވެސް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.