ރައީސް ނަޝީދަށް ރޭ ދިން ޙަމަލާ ތަހުގީގު ކުރަން ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: ފުލުހުން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ހަމަލާ ތަހުގީގުކުރަމުން އަންނަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނީލޯފާރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރޭ ހަމަލާގެ ތަހުގީގަށް ތަހުގީގީ ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު Below Header ad

ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިބި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަންވެސް ތަހުގީގަށް ލިބެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، އެ ހަމަލާ ތަހުގީގުކުރަމުން އަންނަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައި ވާނަމަ، އެކަމުގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި އެގޮތަށް ހިއްސާ ކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަޚަމްތައް ލިބިވަޑައިގެން މިހާތަނަށް ވަނީ ދެ ސަރޖަރީއެއް ހަދާފަ އެވެ.

ތަހުގީގަށް އެހީތެރިވުމަށް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ރޭ ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.