މިރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާ އެޗްއާރްސީއެމް އިން ކުށްވެރިކޮށްފި

‏މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

އެޗްއާރްސީއެމް އިން ބުނީ މިހާދިސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޑްރައިވަރު އަދި ފަތުރުވެެރިއަކަށްވެސް އަނިޔާ ލިބިފައިވާތީ އެ ކޮމިޝަނުން މިކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ރައީސް ނަޝީދާއި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި މިކަމުގައި އެއްވެސް ބަޔަކު ޝާމިލުވާނަމަ އެބަޔަކަށް ހައްގު އަދަބު ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން މި ހާދިސާ މޮނިޓަރކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިރޭގެ ހާދިސާ އާގުޅިގެން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް ވަނީ މަތިކޮށްފަ އެވެ.

އެ އިދާރާ އިން ބުނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ، ގިނަ ފަރާތްތަކަކުން ކުށްވެރި ކުރަމުން އަންނަ އިރު، އޭގެތެރޭގައި އެމްޑީޕީ އަދި ވެރިކަން ކުރާ ޕާޓީގެ ކޯލިޝަނާއި ޕީޕީއެމް އަދި ޕީއެންސީ ވެސް ހިމެނެއެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ވަނީ އޭޑީކޭއަށް ގެންދެވި، އަންނަނީ ފަރުވާދެމުން ނެވެ. އަދި ގިނަ ފަރާތްތަކަކުން ވަނީ އޭޑީކޭއަށް ގޮސްފައެވެ.

މީގެ ތެރޭގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ކޮމިޝަނަރ އޮފް ޕޮލިސް، ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ އިސްމެމްބަރުން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.